އިންޑިއާގެ މައިން ނަގާ ވަޅެއްގައި ތާށިވެފައި ތިބި 41 މީހުން ދެ ހަފުތާ ފަހުން ސަލާމަތްކުރެވޭނެ މަގު ފަހިވެއްޖެއެވެ.
އެމީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ރެސްކިއު ޓީމަކުން ބުނީ މައިން ވަޅު ތެރޭގައި ތާށިވެފައިވާ މީހުން ނެރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެމީހުން އެވަޅުން ނެރެނީ 3 ފޫޓް ފުޅާމިނުގެ ޕައިޕެއްގެ އެހީގައެވެ. އެހެން ނަމަވެސް، އެތާ ތެރެއަށް އެ ޓިއުބް ވެއްދުމުގެ ކުރިން އެތަން އިތުރަށް ކޮންނަން ޖެހުނު ކަމަށް ރެސްކިއު ޓީމުން މަޢުލޫމާތުދީފައި ވެއެވެ.
އިންޑިއާގެ އެންމެ ފަގީރު ސްޓޭޓްތަކުގައި ކުޑަ އުޖޫރައެއް ލިބޭ މަސައްކަތްތެރިންގެ ބަޔަކު އުއްތަރަކަންޑްގެ މި މައިން ވަޅުގައި ބަންދުވީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މި ވަޅަކީ 4.5 ކިލޯމީޓަރުގެ ފުން މައިން ވަޅެކެވެ.
މި ވަޅުގައި މައިންކުރުމުގެ މަސައްކަތް ކުރަމުންދިޔަ 41 މަސައްކަތު މީހުން ތާށިވި ޚަބަރު ލިބުމާއެކު ބޮޑު ރެސްކިއު ޓީމަކާއި އެމްބިއުލާންތައް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެމީހުން ވަޅުން ނަގައިގެން ގެންދިއުމަށް ހަމަޖެހިފައިވަނީ އެސަރަހައްދާއި 30 ކިލޯމީޓަރ ދުރުގައިވާ ހޮސްޕިޓަލަކަށެވެ.
އެތަނުގައި ތާށިވެފައިވާ ފިރިހެނުންނަށް ހޮޅިއެއް މެދުވެރިކޮށް ކާބޯތަކެއްޗާއި ފެނާއި އޮކްސިޖަން އަދި ބޭސް ފޯރުކޮށްދެމުން އަންނަ ކަމަށް އިންޑިއާގެ ފުލުހުން ބުނެފައި ވެއެވެ.
މި މީޙުން މިއަދު ސަލާމަތްކުރެވޭނެ ކަމަށް ރެސްކިއު ޓީމުން ބުނެފަވެއެވެ.

ކިޔުންތެރިންގެ ހިޔާލު