ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން، ޢިމާރާތްކޮށްފައިވާ އުނގޫފާރު އިސްލާމީ މަރުކަޒު (މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީ) ގައި އިސްލާމިކް ޔުނިވަރސިޓީ(އައިޔޫއެމް)ގެ ކެމްޕަސް ހިންގުމަށް ޙަވާލުކޮށްފިއެވެ.
އުނގޫފާރު އިސްލާމީ މަރުކަރު އައިޔޫއެމް އާއި ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ ނަމުން ނަންދީފައިވާ އެ މަރުކަޒުގައި އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ފެށިގެން ދިއުމަކީ އޭނާގެ ހަނދާނުގައި ކުރެވޭނެ މަތިވެރި ޚިދުމަތެއްކަމަށެވެ.
މި ރަސްމިއްޔާތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ ރ. އަތޮޅަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު އަތޮޅަކަށް ވުމާއެކު މިއަދު ފެށިގެން މިދިޔައީ ޢިލްމު ފެތުރުމަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އެ ޔުނިވަރސިޓީގެ ކޯސްތައް ފޯރުކޮށްދިނުމަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
އިސްލާމީ ތަޢުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަޤްޞަދުގައި ޢިމާރާތްކޮށްފައިވާ މި ބިނާގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، އަދި ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ. ހަމައެހެންމެ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
މި މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ 02 މާރިޗު 2017 ވަނަ ދުވަހުއެވެ. އަދި މަރުކަޒުގެ މަސައްކަތް ނިމިފައިވަނީ 10 ޖަނަވަރީ 2020 ދުވަހުއެވެ.
އުނގޫފާރު އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވަރސިޓީއާއި ޙަވާލު ކޮށްފައިވާއިރު ގދ. ތިނަދޫ އިސްލާމީ މަރުކަޒުވެސް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އައިޔޫއެމްއާ ވަނީ ޙަވާލުކޮށްފައެވެ.
ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި މަޝްރޫއަށް 34.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ދެ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެ މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާގެ ދީލަތި އެހީފުޅާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.
ތިނަދޫ އިސްލާމީ މަރުކަޒަކީ މާލެ ފިޔަވައި އެހެން ރަށެއްގައި ބިނާ ކުރި ފުރަތަމަ އިސްލާމީ މަރުކަޒެވެ.

ކިޔުންތެރިންގެ ހިޔާލު