ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނިއުމޯނިއާ ބަލިން ސަލާމަތްވުމަށް އިންޑިއާގެ ސިއްހަތާއި ބެހޭ އިދާރާތަކުން ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާ ކަމަށް އިންޑިއާގެ ގުޖުރާތުގެ މިނިސްޓަރ ރުޝިކޭޝް ޕަޓޭލް ވިދާޅުވެއްޖެއެވެ.

"ޔޫނިއަން ހެލްތް މިނިސްޓަރ މަންސުކް މަންޑަވިޔާއާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާރޗް (އައިސީއެމްއާރް)އިން ވަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕްލޭނެއް އެކުލަވާލާފަ. ކޮވިޑް ދުވަސްކޮޅަށް ތައްޔާރުކުރި އޮކްސިޖަން ފުޅިތަކާއި އެނދުތައް ހުރި މިންވަރު އަލުން ބަލާފަ ހުންނާނީ" ގުޖުރާތު މިނިސްޓަރ ވިދާޅުވެފަވެއެވެ.

އެގޮތުން، މުޅި އިންޑިއާގެ ސިއްހީ މަރުކަޒު، ކްލިނިކް އަދި ހޮސްޕިޓަލްތަކަށް ވަނީ އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ ބަލިތަކަށް ޚާއްސަ ސާވެއިލަންސެއް ކުރިއަށް ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގައި ޢާންމުކޮށް ފިނި މޫސުމުގައި ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ ބަލިތައް އިތުރުވެއެވެ.

ޗައިނާއިން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި މިހާތަނަށް އެޤައުމުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ސީރިއަސް ކޭސްއެއް ފާހަގަކުރެވިފައެއް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން