13 އަހަރުގެ ކުއްޖެއްގެ އަތުން މާމަ މަރުވުމުގެ ސަބަބުން އެކުއްޖާއަށް، 2 އަހަރުގެ ހުކުމެއް އިއްވައިފިއެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ މާސިއާ ގްރާންޓްގެ 13 އަހަރުގެ ފިރިހެން މާމަ ދަރިފުޅު، 2 އަހަރު ދުވަހަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކުރީ އެކުއްޖާ ދުއްވި ކާރުން މާމަގެ ގައިގާ ޖެހިގެން މާމަ މަރުވުމުގެ ސަބަބުންނެވެ. މާސިއާގެ މާމަ ދަރިފުޅަކީ މީގެ ކުރީގައި ކާރު ދުއްވައިއުޅޭ ކުއްޖެއް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.
މާސިއާގެ ފިރިމީހާ، ޑެލްރޯއީ ވަނީ އެ ފިރިހެން ކުއްޖާ ކާރު ދުއްވަނިކޮށް ހުއްޓުވަންވެސް މަސައްކަތްކޮށްފައެވެ. ބުދަ ދުވަހުގައި މި ކުއްޖާގެ މައްޗަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ހިނގި ހާދިސާއާއި ގުޅިގެންނެވެ. އޭރު އޭނާގެ އުމުރުން 12 އަހަރެވެ. އޭނާ މާސިއާ ގައިގައި ކާރު ޖައްސާފައިވަނީ އެމީހުން ދިރިއުޅޭ ގެ ކައިރިންނެވެ. އޭރު މާސިއާ ވަނީ ކާރުގެ ފަހަތުން ދުވެ، މާމަ ދަރިފުޅު ހުއްޓުވަން މަސައްކަތްކޮށްފައެވެ.
މާސިއާ ގައިގައި ކާރު ޖެހިފައިވަނީ ކާރު ކޮންޓްރޯލުން ނެއްޓި، ރިވާޒް ކުރަން އުޅުމުގެ ތެރޭގަވެ. އަދި އެއަށްފަހު، އެކުއްޖާ ވަނީ ފުލުހުންނަށް އަތުނުވެ ފިލަންވެސް މަސައްކަތްކޮށްފައެވެ.
އުމުރުން 60 އަހަރުގައި ނިޔާވި މާާސިއާގެ އަންހެން ދަރިފުޅު ގެމާ ގްރާންޓް ވަނީ އެ ފިރިހެންކުއްޖާއަށް ދުވަހަކުވެސް މައާފު ނުކުރާނެ ކަމަށް ބުނެފައެވެ. އަދި ސާފު ހެކި ފެންނަން ހުއްޓަސް، އޭނާއަށް އަދަބު ނުލިބޭތީ އާއިލާއިން ކަންބޮޑުވުން ފާޅުކުރިއެވެ. "ސީސީޓީވީ ބަލާލީމަ، އެބަ އެނގޭ އެކުއްޖާ މާމަގެ ކާރު ވަގަށް ނަގަން އުޅުނުއިރު އަތުގައި ވަޅިއެއްވެސް އޮތް" އާއިލާއިން ބުނެފައިވެއެވެ.
ކޯޓުގައި ވާހަކަދައްކަމުން، ކުއްޖާ ބުނީ އޭނާ ކާރު ދުއްވީ މަންމަ ދެކެލަން ބޭނުންވެގެން ކަމަށެވެ.
ކުށަށް އިއުތިރާފުވެފައިވާތީ، ކޯޓުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ މީހަކު މެރުމުގެ ކުށަށް ދައުވާ ނުކުރުމަށް ނިންމާފައެވެ. އަދި އެއީ ގަސްދުގައި ހިންގި އަމަލެއް ނޫން ކަމަށްވެސް ވަނީ ނިންމާފަވެއެވެ.

ކިޔުންތެރިންގެ ހިޔާލު