ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ ކެތޮލިކް ޗާޗުގެ ވެރިޔާ، ޕޯޕް ފްރާންސިސް ގޮވާލައްވައިފިއެވެ.

ޕޯޕް ފްރާންސިސް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލައިފައި އޮތް އޮތުން ނިމުމަކަށް ގެނައުން މިއީ ހިތާމަކުރާ ކަމެއްކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

ޕޯޕްގެ މި އިލްތިމާސް އައީ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ނިމުމުން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް ކުށެއް ނެތް އާންމުން ޝަހީދުވަމުންދާ އަދަދު އިތުރުވަމުންދާތީ ބައިނަލްއަގްވާމީ ގޮތުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

7 ދުވަހުގެ މެދުކެނޑުމަކަށްފަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭން ފަށާފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ މިހަމަލާތައް ވަރުގަދަކޮށް ވައިގެ މަގުންނާއި، މަގުމަތީ ހިނގާ ނޫޅެވޭވަރަށް ޓޭންކަރު ތަކުންނާއި، ހަތިޔާރު އެޅި ސިފައިން މެދުވެރިކޮށް ހަމަލާތައް ދެމުންނެވެ. މިހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ހަމަލާތަކުން ރެކުމަށް މަސައްކަތް ކުރަމުންދާ އާންމު ފަރުދުންގެ އެއްވެސް އުއްމީދެއް ނެތްކަމަށް ބުނަމުންދެއެވެ.

"ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ގިނަ ތަކުލީފުތަކެއް އެބަހުރި،" ޕޮޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްރާއީލާއި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ހާލަތު "ސީރިއަސް" ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކުރެވޭ ހާލަތްތަކުގައި ތިބި ކަމަށް ފާހަގަކޮށްފައިވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާގޮތުން، ފަލަސްތީނުގައި އަށް ހަފްތާއަށް ވުރެ ގިނަ ދުވަހު، އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި 15،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން