އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދުގެ މައުންޓް މަރާޕީ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އެ ފަރުބަދައަށް އަރައި ތިބި 11 މީހަކު މަރުވެ، 12 މީހުން ގެއްލިއްޖެއެވެ.
މި ހާދިސާ ހިނގައިިދިޔަ ގަޑީގައި އެ ފަރުބަދަ މައްޗަށް އަރާ ތިިބި މީހުންގެ އަދަދަކީ 75 އެވެ. އިއްޔެގެ ވަގުތެއްގައި އަލިފާން ފަރުބަދަ ގޮވަން ކައިިރިވެފައިވަނިކޮށް ރެސްކިއު ޓީމުން ކުރި މަސައްކަތުގެ ތެރެއިން 28 މީހުން ސަލާމަތްކުރެވިފައި ވެއެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އަލިފާން ފަރުބަދަ ހުންނަ އިންޑޮނޭޝިއާއަކީ ގުދުރަތީ ވަރަށް ބައިވަރު ހާދިސާތައް ކުރިމަތިވާ ޤައުމެކެވެ. އެގޮތުން، އިންޑޮނޭޝިއާގެ ސުމަޓްރާއަކީ ޢާންމުގޮތެއްގައި އެކިވަރުގެ ލޮޅުމާއި ބިންހެލުމުގެ އަސަރުކުރާ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު