އިޒްރޭލަށް ވާގިވެރިވާކަމުގެ ތުހުމަތުގައި ނެދަލޭންޑްސްގެ މައްޗަށް ޝަރީއަތް ހިންގަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތަކުން ދައުވާ ކުރާ ގޮތުގައި ނެދަލޭންޑްސް ސަރުކާރުން މަތިންދާބޯޓުގެ ބައިތައް އިސްރާއީލަށް އެކްސްޕޯޓް ކުރުމަކީ ޣައްޒާގެ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވާކަމުގެ ހެއްކެކެވެ.

މިކަމުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެފް-35 ފަޔަރ ޖެޓްގެ ބައިތައް އެކްސްޕޯޓް ކުރުމުން ނެދަލޭންޑްސްގެ ދައުލަތަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ޖަރީމާތަކުގައި ބައިވެރިވާ ދައުލަތެއް ކަމަށް ހިއުމަން ރައިޓްސް އޯގަނައިޒޭޝަނުން އުފުލި ދައުވާގައި ވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި އޮކްސްފޭމްގެ ނެދަލޭންޑްސްގެ ގޮފިތަކުން ބުނާ ގޮތުގައި ހަނގުރާމަ ކުރިއަށްދާއިރު އިސްރާއީލުގެ ފަޔަރ ޖެޓްތަކަށް ރިޒާވް ބައިތައް ޝިޕް ކުރުމުގެ ހުއްދަ ދިނުމުން "ޣައްޒާގައި އިސްރާއީލުން އިންސާނީ ޙައްޤުތަކާއި ޚިލާފުވެގެން ހިންގާ އަމަލުތަކުގައި ނެދަލެންޑްސް ދައުލަތުންވެސް ދައުރެއް ކުޅެއެވެ." ނެދަލޭންޑްސް ސަރުކާރުން އިޒްރޭލުގެ ފައިޓާ ޖެޓްތަކަށް ބޭނުންވާ ބައިތައް ސަޕްލައިކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް އެބަހުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނެދަލޭންޑްސްގެ ޑިފެންސް މިނިސްޓަރު ކަޖްސާ އޮލޮންގްރެން ވިދާޅުވީ އެކަމާއި ގުޅޭގޮތުން ސަރުކާރުން ޖަވާބުދާރީވާން ބޭނުންނުވާ ކަމަށެވެ.

އެކަމަކު ފަހުން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ޑަޗް ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު "ހަނގުރާމައިގެ އިންސާނީ ގާނޫނުތަކާއިި ބޮޑެތި ޚިލާފުވުންތަކެއްގައި އެފް-35 ޖެޓްތައް ބައިވެރިވާކަން ކަށަވަރު ނުކުރެވޭނެ" ކަމަށެވެ.

7 އޮކްޓޫބަރުން ފެށިގެން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި 15،000 އަށްވުރެ ގިނަ މީހުން ޝަހީދުކުރިއިރުވެސް، އިޒްރޭލުން ބުނީ އެޤައުމުން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިނުވާ ކަމަށެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ނެދަލޭންޑްސްއިންވެސް ބުނަމުންދަނީ "އިޒްރޭލަށް ދިފާއުވުމުގެ ޙައްޤު ލިބިގެންވާ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން