ލޮރެންޒޯ ޕާކުތެރޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ހއ.ހޯރަފުށީ ނޫރީގެ، ޢުމުރުން 16 އަހަރުގެ މުޙައްމަދު އަރްހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި 3 މީހުންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް މިއަދު އަންގައިފިއެވެ.
މި މައްސަލާގައި ހައިކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައިވަނީ ދަޢުލަތުން އެ ތިންމީހުނާ ދެކޮޅަށް ގިނަ ހެކިތަކެއް ކްރިމިނަލް ކޯޓަށް ހުށައެޅި ކަމަށެވެ. ނަމަވެސް ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކޮށްފައިނުވާ ކަމަށް ހައިކޯޓުގެ ޙުކުމުގައިވެއެވެ.
ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް ބެއްލެވި މި މައްސަލައިގެ ޙުކުމުގައި އިތުރަށް ބުނެފައިވަނީ، ދަށު ކޯޓުން ބަލަންޖެހޭ ކަންކަން އެކަށީގެންވާ މިންވަރަށް ބަލާފައިނުވާނަމަ އެ މައްސަލައެއް އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމުގެ ބާރު ހައި ކޯޓަށް އޮންނަކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ޙުކުމުގައިވެއެވެ.
އަރުޙަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވަނީ، އެ މައްސަލާގައި ދަޢުލަތުން ދަޢުވާކުރި ލ. މާވަށު އެވަރބްލޫ މުޙައްމަދު ވިސާމްގެ މައްޗަށެވެ. އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
މިމައްސަލައިގައި ދައުލަތުން ލ. މާވަށު އަސަރީގޭ މަންސޫރު ޔޫސުފާއި، ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށް ދައުވާ އުފުލިނަމަވެސް، މި ތިން މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާވަރަށް ޝަރީޢަތަށް ހެކި ހުށައެޅިފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަރުޙަމްގެ މަރުގެ މައްސަލާގައި، ދައުލަތުން މި 4 މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވިސާމާއި މަންސޫރާއި ސުފުޔާން ލޮރެންޒޯ ޕާކްތެރެއަށްވަދެ އަރުހަމާމެދު މާރާމާރީ ހިންގުމުން އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އެއަށްފަހު އެތިން މީހުން އާތިފާއެކު ފިލައިގެން ގޮސްފައިވާކަމަށެވެ.
މި މާރާމާރީގައި މަރުވެފައިވާ އަރުހަމްއަކީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ޙާޞިލްކުރަމުންދިޔަ ދަރިވަރެކެވެ.
ލޮރެންޒޯ ޕާކުތެރޭގައ މުޙައްމަދު އަރުޙަމް މަރުވެފައި އޮއްވައި ފުރަތަމަ ފެނިފައިވަނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށެވެ. ފުލުހުންނަށް އޭނާ ފެނުމާއި އެކު އައި.ޖީ.އެމް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވުނު އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެނާ ބެލި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. އޭނާގެ ހަށިގަނޑުގެ 6 ތަނަކަށް ތޫނު ހަތިޔާރުން ހަމަލާދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު