ފުލުހުންގެ ހައްޔަރުގައި ހުއްޓާ 2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ނިޔާވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި، އިހުމާލުވި ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެންއައިސީން ކުރި ތަހުގީގުގައި ފުލުހުންނަށް ކޮށްފައިވަނީ ފަރުވާކުޑަ ކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތުކަމަށް ވެއެވެ. މި މައްްސަލާގައި ގިނަ ޢަދަދެއްގެ ފުލުހުންގެ ބަޔާން ވަނީ ނަގާފައެވެ.

އެހެންނަމަވެސް ރަޝީދުގެ މަރުގެ މައްސަލާގައި ކުރީގެ ދާޚިލީ ވަޒީރު އިމްރާން ވިދާޅުވެފައިވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށެވެ.

އެގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ ރަޝީދުގެ މަރާ ގުޅިގެން ޕޯސްޓްމޯޓަމް ހެދުމުގެ އިތުރުން އެ މައްސަލަ ތަހުގީގުކުރީ އެކަމުގައި ފުލުހުންގެ ފަރާތުން އަނިޔާއެއް ނުވަތަ އިހުމާލެއް އޮތްތޯ ބެލުމަށް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.

"ފުލުހުންގެ ސީދާ އަނިޔާއެއް ނޫނީ އިހުމާލެއް އޮވެގެން އޭނާ މަރުވުމަށް ދިމާވިކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަށް ލިބޭކަށް ނެތް" އިމްރާން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުގައި ހުއްޓާ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރާތީ، އެޗްއާރުސީއެމުން ވެސް ވަނީ އެމައްސަލަ ތަޙުޤީޤު ކޮށްފައެވެ.

ރަޝީދު ނިޔާވީ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހޯނޑެއްދޫ އާއި، ކައިރި ފަޅުރަށްތަކުގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ހޯދުމަށްފަހު އޭނާ ފުލުހުންގެ ހައްޔަރަށް ގެންދިޔަ ފަހުން ކުރިމަތިވި ސިއްޙީ ޙާލަތަކާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ރާޖު

05-Dec-2023

މިހާރު ހަމަޔަގީންވެއްޖެ މި ސަރުކާރު ދިފާއު ކުރަނީ އަދި ޕޮލިސްވެސް ހިންގަމުންދަނީ ޑްރަގް ގޜންގުތަކުގެ ނުފޫޒުންކަން



ޓްރެންޑިން