އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ކ).
އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ކ).
ރާއްޖެ މިދަނީ ސަރަޙައްދީ ތަރައްޤީގެ އިންޤިލާބީ ބޮޑު ބަދަލަކާ ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބުރާސްފަތި ދުވަހު ވަނީ ތަޞްދީޤު ކުރައްވާފައެވެ.

އެކަމާ ގުޅިގެން އެޚަބަރާއެކު ކުރެއްވި ޓްވީޓުގައި ވައްޑެ ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ބަނދަރުތަކަށް ގެންނަ މުދަލުގެ ޑިއުޓީ 50 އިންސައްތަ ކުޑަވުމާއި، 5 ސަރަހައްދެއްގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި، އަދި އިޞްލާހުކުރެވުނު ލާމަރުކަޒީ ޤާނޫނުގެ ސަބަބުން، އިރާދަކުރެއްވިއްޔާ ސަރަހައްދީ ތަރައްޤީއަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

ރާއްޖޭގެ ސަރަޙައްދީ ތަރައްޤީއަށް ރައީސް ޞާލިޙްގެ ސަރުކާރުން ކުރަށްވާ މަސައްކަތުގެ ދަށުން މީގެ ކުރިން ވަނީ، މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ނިންމާފައެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ސިއްޙީ ފަރުވާދޭ ފަސް ސެންޓަރު ރާއްޖޭގެ ފަސް ސަރަޙައްދުގައި ހުޅުވާފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މި ތަޞްދީޤްކުރެއްވި، ދިވެހިރާއްޖޭގެ އިމްޕޯޓްގެ އެކްސްޕޯޓް ޤާނޫނަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތްތައް ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މާވަހަރުން އެކްސްޕޯޓް ޑިއުޓީއަށް ނަގާނީ، އޭގެ އެފް.އޯ.ބީ އަގުގެ ފަންސާސް އިންސައްތަ އެވެ. ވިޔަފާރި އުސޫލުން ރީއެކްސްޕޯޓްކުރާ މުދަލަށް، އޭގެ އެފް.އޯ.ބީ އަގުގެ ފަހެއް އިންސައްތަ ރޯޔަލްޓީއެއް ދައްކަންވާނެކަމަށްވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު މި ޤާނޫނުގެ ދަށުން މާލެ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން، މި ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެން ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީއިން ފަންސާސް އިންސައްތަ މަޢާފުކުރެވޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ނުވަތަ ރީ-އެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ ސަތޭކަ ރުފިޔާ އަކުން އެއް ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ސަރުކާރަށް ދައްކަންޖެހެއެވެ.

މި އިސްލާހުގެ ދަށުން ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިކުރުމާއި ޢާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިނެއް އިންސައްތަ، ޕަބްލިކް ހެލްތް ފަންޑަށް ޖަމާކުރަންޖެހެއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު ރައީސް ތަސްދީޤު ކުރެއްވުމާއި ގުޅިގެން އެ ބިލު މިއަދު ވަނީ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ކަނޑައަޅާފައި ވަނީ 1 އޮގަސްޓް 2020 އިން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަހުމަދުޝަރީފު

25-Jul-2020

ދިވެހި ރާއްޖެ މިދަނީ ބާރު ސްޕީޑުގެ އިންޑިޔާގެ އަޅުވެތި ކަމާއި ދިމާލަށް #ދހެފުކކެހeރިބަލިkުދhiނ



ޓްރެންޑިން