އިޒްރޭލުން ޣައްޒާގެ އުތުރުން 100 ފިރިހެނުން ރަހީނުކޮށް ކަނުބަނދެ މަގުމަތީގައި ބަރަހަނާ ކޮށްފިއެވެ.
ނިރުބަވެރި އިޒްރޭލު ސިފައިން އުތުރުގައި ތިބި ޣައްޒާ މީހުން ލަނދުގަންނަވަންވެގެން އެ ހުރިހާ ފިރިހެނުންގެ ހެދުން ބާލައި ބަރަހަނާކޮށް ފުރަތަ ބޭތުއްބީ މަގުމަތިގައެވެ. އަދި އެމީހުން ސަފުސަފަށް އަތުރާފައި ކުޑަކަކޫ ޖައްސާފައި ތިއްބާ ނަގާފައިވާ ފޮޓޯއާއި ވީޑިއޯ އާންމުކުރީ އިޒްރޭލުގެ މީޑިއާތަކުންނެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 13 އަހަރުގެ ކުޑަކުދިންވެސް ހިމެނެއެވެ. އަދި އިޒްރޭލުން ހައްޔަރުކުރި އެއްވެސް މީހަކީ ހަމާސްއާއި ގުޅުންހުރި ބައެއް ނޫން ކަމަށްވެސް އެމީޙުންގެ އާއިލާތަކުން ބުނާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
އޭގެ ތެރޭގައި ޣައްޒާގެ ނޫސްވެރިޔާ ޑިއާ އަލްކަހްލޫތްވެސް ހިމެނޭ ކަމަށް އޭނާ މަސައްކަތްކުރާ ދަ ނިއު އަރަބް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. އޭނާގެ އިތުރަށް އދ. ގެ ބައެއް މުވައްޒަފުންވެސް ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އެންމެން ހައްޔަރުކޮށްފައިވަނީ އދ. އިން އަޅާފައިވާ ތިން އިމާރާތެއްގެ ތެރެއިންނެވެ.
އެހެން ނަމަވެސް، އިޒްރޭލުގެ މީޑިއާއިން ސިފައިންނާއި ހަވާލާދީ ބުނެފައިވާގޮތުންނަމަ ހައްޔަރުކުރި މީހުންނަކީ ހަމާސް ޖަމާއަތުގެ މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރީ އަމިއްލައަށް އަމާން ދިނުމުން ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން ހަމާސް ޖަމާއަތުން ބުނީ އެންމެންގެ ތެރޭގައި ހެދުން ބާލުވައި މީހުން ފާސްކުރުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ ޖަމިއްޔާތަކުން މި މައްސަލަ ތަހުގީގުކުރުމަށް އެ ޖަމާއަތުން ގޮވާލާފައި ވެއެވެ.
އެމީހުން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ކޮން ތަނަކަށްކަން އެނގިފައި ނުވާތީ ހަމާސްއިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ހައްޔަރުކުރި މީހުން ޓްރަކެއްގެ ތެރޭގައި ބައިތިއްބާފައި ތިބި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް. ވެސް އިޒްރޭލު އަސްކަރިއްޔާއިން ވަނީ ޢާންމުކޮށްފައެވެެ.
"އިޒްރޭލު ސިފައިން ތަޖުރިބާކުރަމުންދާ ނާކާމިޔާބީގެ ބަދަލު ހިފުމަށް ދިފާއުވުމުގެ ކުޅަދާނަކަމެއް ލިބިގެންނުވާ ޢާންމުންގެ ހެދުން ބާލާ ބަރަހަނާ ކުރުމަކީ ޒަޔަނިސްޓުން ކުރަމުންދާ ކުށެއް." ހަމާސްގެ އޮފިޝަލަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު