ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހުމަދު އަލްސަބާހު އަވަހާރަވެއްޖެ ކަމަށް އެޤައުމުގެ ދައުލަތުގެ މީޑިއާއިން މިއަދު ރިޕޯޓްކޮށްފިއެވެ.
މިއަދުގެ ވަގުުތެއްގައި އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 86 އަހަރުގައެވެ. ކުވައިތުގެ އަމީރު އަވަހާރަވި ކިނެއް ވެގެން ކަމެއް ނުވަތަ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، މިދިޔަ ނޮވެންބަރުމަހު އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވެއެވެ. ބޭސްފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެމަނިކުފާނުގެ ބަލިޙާލަތާއި ބެހޭގޮތުން ކުވެއިތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ނަވާފްގެ ބޭބޭފުޅު ޝައިޚް ސަބާހުލް އަހްމަދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން 2020 ވަނަ އަހަރުގައި އެމަނިކުފާނަށް ވަލީއަހުދުގެ ދަރަޖަ ލިބިވަޑައިގަތެވެ.
ނަވާފް އަވަހާރަވުމާއި ގުޅިގެން ވަލީއުލްއަހްދު ޝައިޚް މިޝްޢަލް އަލްއަހްމަދު އަލްޖާބިރު އައްސަބާހު ކުވައިތުގެ އަމީރުކަމަށް އިސްކުރައްވާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު