ލުބުނާނުގައި ހުންނަ ކެނެޑާގެ އެމްބަސީ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުން.
ލުބުނާނުގައި ހުންނަ ކެނެޑާގެ އެމްބަސީ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުން.
ހަނގުރާމަޔާއެކު އެކި ގޮންޖެހުންތައް ކުރިމަތިވަމުންދާ ޣައްޒާގައި ތިބި އާއިލާތަކަށް ކުރިއަށް އޮތް ތިން އަހަރު ދުވަހުތެރޭގައި ހާއްސަ ލުއިފަސޭހަތަކާއެކު ކެނެޑާއަށް އެތެރެވެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ކެނެޑާގެ އިމިގްރޭޝަން މިނިސްޓަރު މާކް މިލާ ބުރާސްފަތި ދުވަހު އިއުލާން ކުރައްވައިފި އެވެ.

ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި އާގަވާއިދާއެކު ކެނެޑާގެ ރައްޔިތުންނަށް ޣައްޒާގައި ތިބި އެމީހުންގެ އާއިލާތަކާއި، ދުރުތާ ތިމާގެ މީހަކު ވިޔަސް ގުޅުމެއް އޮންނަ ފަރާތްތައް ކެނެޑާއަށް ގެނެވޭނެ އެވެ.

އިމިގްރޭޝަން މިނިސްޓަރު މާކް މިލާ ވިދާޅުވީ ސިޔާސަތު ބަދަލުކުރުމުގެ މަގުސަދަކީ، ޣައްޒާގައި ދިރިއުޅެވޭނެ ގޮތެއް ނެތިފައިވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން އެހީތެރިވުން ކަމަށެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި "ޣައްޒާ ދޫކޮށް ދިއުމަކީ އިންތިހާއަށް އުނދަގޫ ކަމެއް ކަމަށާއި ގިނަބަޔަކަށް މި ރައްކާތެރިކަން ފޯރުކޮށްނުދެވިދާނެ" ކަމަށެވެ. އަދި "މިއީ އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުގައި ނެތް ހާލަތްތަކެއް" ކަމަށާއި "ކަންކަން ގޯސްވެދާނެ ކަމަށް ބެލެވޭ" ކަމަށްވެސް މިލާ ފާހަގަކުރިއެވެ.

މިލާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ރެސިޑެންސީ އެޕްލިކޭޝަންތަކަށް އިސްކަން ދިނުމަށް އިމިގްރޭޝަންގެ އޮފިޝަލުންނަށް ވެސް އަންގަވާފައިވާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން ކެނެޑާއަށް ދަތުރުކުރަން ހުއްދަ ދިނުމުގެ ކުރިން އިޖީޕްޓުގައި ބަޔޮމެޓްރިކްސް ސްކްރީނިންގ އެއް ހިމެނޭ ގޮތަށް ލިޔެކިޔުންތަކާއި ސެކިއުރިޓީ ޗެކްތައް ކުރަން ޖެހޭނެ ކަމަށް ކެނެޑާގެ ފަހުގެ އިމިގްރޭޝަން ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން