ވިހެއުމަށްފަހު އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި ވަނިކޮށް ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު ރާއްޖެއަށް ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ އިންޑިއާއަށް ގެންގޮސް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު ރާއްޖެއަށް ގެނެސްފައިވަނީ ހުކުރު ދުވަހު ކަމަށެވެ.
މި މަހުގެ 3 ވަނަ ދުވަހު ދިގުރަށުގައި އަލަށް އުފަންވީ ތުއްތު ކުއްޖަކު މަރާލުމަށްފަހު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ބިދޭސީ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ދިގުރަށުގައި ތުއްތު ކުއްޖަކު ކޮތަޅަކަށްލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓް ދިން ފަރާތުން އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ތުއްތު ކުއްޖާ އަކީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ވިހެއި ފިރިހެން ކުއްޖެކެވެ.
ތުއްތު ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ފޫޅު ދަނޑިއާއި ވެސް އެއްކޮށެވެެ. ދިގުރަށު ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް އެކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގައި އޮއްވައެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް ދިގުރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު