އިސްލާމިކް މިނިސްޓްރީގެ ކަންކަން ހަރުދަނާ ކުރުމަށް ތިންކްޓޭންކެއް އެކުލަވާލުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ މިނިސްޓްރީގެ ކަންކަން ޒަމާނީ ވިސްނުންތަކުގެ އަލީގައި ކުރިއަރުވައި ތަރައްޤީކުރުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީގެ ސިވިލް ސްޓާފުންގެ ތެރެއިން އެންމެ ތަައުލީމީ ބޭފުޅުން ހިމެނޭހެން ތިންކުޓޭންކެއް ޤާއިމުކުރުމަށް މިއަދުގެ އިސްވެރިންގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މަޤާމާ ޙަވާލުވެ ވަޑައިގަތުމަށް ފަހު ޑރ. ޝަހީމް ގެންދަވަނީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންގެ މެދުގައި ދީނީ މަޢުލޫމާތު ފެތުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.

އޭގެއިތުރުން މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށްވެސް ޑރ. ޝަހީމް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން