ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް އިއްޔެ ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން ކޫލިން ސިސްޓަމް ފުރަތަމަ ބެހެއްޓިއިރު އޭސީގެ މަސައްކަތްކުރި ތުރުކީ ވިލާތުގެ ކޮންސަލްޓެންޓުންނާ ވަނީ މިހާރު ބައްދަލުވެފައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ދުޢާއަކީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ޙައްލުވެގެން ދިއުން ކަމަށާއި އެކަމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ސަލްމާން މިސްކިތުގެ އޭސީގައި މައްސަލަ ޖެހެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އޭސީ ޔުނިޓުތަކަށް ލޮނުގެ އަސަރު ކުރުން ކަމަށް ކުރީގެ މިނިސްްޓަރ ވަނީ ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އެހީގެ ދަށުން ހެންވޭރުކޮޅުގައި ބިނާކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވާ، މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުއެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ހިމެނޭހެން 4000 މީހުންނަށް ނަމާދުކުރެވެއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ޒައާމަތުގައި 2018 ވަނަ އަހަރު ބިނާކުރަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 ޑޮލަރުގެ މަޝްރޫއުއެކެވެ. އޭގެތެރެއިން 14 މިލިއަން ޑޮލަރަކީ ސައޫދީގެ ހިލޭ އެހީއެވެ. ބާކީ ބައި ޚަރަދުކުރީ ދިވެހި ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން