އިސްރާއީލާއި މޮރޮކޯގެ ޚާރިޖީ ގުޅުން ނިމުމަކަށް ގެނައުމަށް އެދި އެތައް ހާސް ބަޔަކު މިިދިޔަ އާދީއްތަ ދުވަހު މޮރޮކޯގެ ރަބާތުގައި މުޒާހަރާކޮށްފިއެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުޢާންމު ހުއްޓުވުމަށް މޮރޮކޯގެ ގިނަ ބަޔަކު ވަނީ އެކި ދުވަސްމަތިން މުޒާހަރާކޮށްފައެވެ.

އެގޮތުން އާދީއްތަ ދުވަހު ކުރި މުޒާހަރާގައި ބައިވެރިވި 10،000 އެއްހާ މީހުން ވަނީ ފަލަސްތީނުގެ ދިދަތަކުގެ އިތުރަށް، ކާމިޔާބާ ހަމައަށް ވާސިލު ވަންދެން ހަމަލާ ތަކާ ދެކޮޅު ކަމަށާއި، މޮރޮކޯ ސަރުކާރުން އިޒްރާއީލު ބަލައިގަތުން ހުއްޓުވުމަށާއި އަދި ފަލަސްތީނު މިނިވަންކުރަން ގޮވާލާ ލިޔުންތަކާއި ބެނަރތައް ހިފައިގެން މުޒާހާރާކޮށްފައެވެ. އަދި އިޒްރޭލަށް ތާއީދުކުރާ ކަމަށް ތުހުމަތުކުރާ ބްރޭންޑްތައް ބޮއިކޮޓް ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އިސްރާއީލާ ގުޅުން ބަދަހި ކުރަން މޮރޮކޯއިން އެއްބަސްވީ 2020 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިސްކޮށް ހަރަކާތްރެރިވެ ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން