އަންނަ އަހަރު ދިވެހި ހައްޖުވެރިންނާއެކު އިސް ޝައިހެއްގެ ގޮތުން ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާނީ ޝައިހް ޑރ. އާދަމް ޝަމީމް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ އަންނަ ޙައްޖުގައި ދިވެހި ޙައްޖުވެރިންނާ އެކު، އިސް ޝައިޚަކަށް ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު ޑރ އާދަމް ޝަމީމް ކަމަށެވެ.
ހައްޖު ކޯޓާގެ ގޮތުގައި އަންނަ އަހަރަށް ސައުދި އަރަބިއްޔާ އިން ރާއްޖެއަށް ހަމަޖައްސައިދީފައިވަނީ 1،000 ކޯޓާ އެވެ. ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް މިނިސްޓްރީން އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ މީހެއްގެ އަތުން 69،965 ރުފިޔާ ނަގާފަ އެވެ.
ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހައްޖުގެ ދައުވަތު އެކޯޕަރޭޝަނުން މިހާރު ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު