ޣައްޒާއަށް އަރާ އިޒްރޭލު ސިފައިންނަށް ވާނީ 4 ގޮތެއް ކަމުގައި ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ތަރުޖަމާން އަބޫ އުބައިދާ ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އަބޫ އުބައިދާ ބުނިގޮތުގައި ޣައްޒާއަށް އެތެރެވާ ނިރުބަވެރި ސިފައިންގެ ދިިރިއުޅުމަށް އެކި ގޮތްގޮތަށް އަސަރުކުރާނެއެވެ. އޭނާ މިގޮތަށް ބުނެފައިވަނީ ދާދި ފަހުން ޣައްޒާއިން އިޒްރޭލަށް އެނބުރި އައި ސިފައިންނަށް ދިމާވި ހާދިސާއަކާއި ގުޅިގެންނެވެ.



"އެމީހަކު މަރާއި ކުރިމަތިލާންޖެހިދާނެ، ނުވަތަ އަސީރަކަށް ވެދާނެ ނުވަތަ ދާއިމީ ގޮތަކަށް ނުކުޅެދުންތެރިވާ ޙާލަތަކަށް ގޮސްދާނެ. ނުވަތަ ދާއިމީކޮށް ނަފްސާނީ ބައްޔަށް ބޭސްކުރަން ޖެހޭ ޙާލަތަކަށް ގޮސްދާނެ" އަބޫ އުބައިދާ ބުނެފައި ވެއެވެ.

އިސްރާއީލުގެ މީޑިއާތަކުން ވަނީ އެގައުމުގެ ސިފައިންގެ މީހަކު އަނބުރާ ގައުމަށް އައުމުގެ ތެރެއިން ދިމާވި ހާދިސާއެއްގައި އެތައް ސިފައިންނެއް ޒަހަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން، ޣައްޒާގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވި އެސިފައިންގެމީހާ، ނިދަން އޮވެ ހޭލެވުނު ގޮތަށް ކުއްލިއަކަށް އޭނާއާއި އެކީ ތިބި އެކި ސިފައިންގެ ގަޔަށް ބަޑި ޖެހީ ކަމަށް އިޒްރޭލު މީޑިއާއިން ރިޕޯޓްކުރިއެވެ. އޭނާ ހުރީ ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ނޫން ކަމަށް ބަލައި އިޒްރޭލު އަސްކަރިއްޔާއިން ވަނީ އޭނާއާއި ދެކޮޅަށް ފިޔަވަޅު ނާޅާނެ ކަމަށް ބުނެފައެވެ.

އިޒްރޭލު ސިފައިންގެ މީހުންގެ ތެެރޭގައި ވަރަށް ގިނަ މީހުން ޣައްޒާގައި ހަނގުރާމަކުރުމަށްފަހު އެނބުރި އައިސް ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ކަމަށް ބުނެއެވެ. އޭގެ ތެރެއިން އެކަކު މީޑިއާއަށް ރިޕޯޓްކުރިގޮތުގައި މަރުވެފައިވާ ރަހުމަތްތެރި ސިފައިންގެ ހަށިތައް އުފުލަން ޖެހުނު ފަހުން އޭނާގެ ލޮލަށް ހަމަނިދިވެސް ނުލިބެއެވެ.

މީގެ އިތުރަށްވެސް، އިޒްރޭލު ސިފައިންގެ ތެރޭގައި ފަންގަލް އިންފެކްޝަނާއި ބޭރަށް ހިނގުމުގެ ބަލިތައްވެސް ފެތުރެމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. މީގެ ކުރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބޫ އުބައިދާ ބުނީ އިޒްރޭލު ސިފައިން ހަނގުރާމަ މަތީގައި ނެޕީ ޖަހައި އުޅޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. "ޚާއްސަކޮށް، ޕެމްޕާސް ބްރޭންޑްގެ ނެޕީ ބޭނުންކުރޭ" އަބޫ އުބައިދާ ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން