ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ޒަކާތު ހައުސް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ޒަކާތު ހައުސްއެއް އުފައްދަން ހިމަނާފައިވާ އިރު، ރައީސްގެ ގަރާރަކުން ޒަކާތު ހައުސް އުފެއްދެވީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ރައީސް، ޒަކާތު ހައުސް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މިއަދު ރަސްމީކޮށް އިފްތިތާޙް ކުރެވުނު މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމުގެ މަސައްކަތްވެސް ހިމެނިފައިވެއެވެ.

މީގެ އިތުރުން ކޮންމެ 6 މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޒަކާތު ހައުސްގެ އެންމެ މުހިއްމު މަގުސަދަކަށްވާނީ މިހާރު ޒަކާތް ލިބޭ މީހުންނަކީ، މުސްތަގުބަލުގައި ޒަކާތް ނެރެވޭފަދަ ފުދުންތެރި ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އިމާމުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް އެކި ދުވަސްވަރުމަތިން ހިދުމަތް ކުރެއްވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން