އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިސްލާމީ ރިސާލަތު ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.

ރިސާލަތު ޕްރޮގްރާމަކީ އިސްލާމްދީނާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ލޯބިޖެއްސުމަށް ހިންގާ ޕްރޮގްރާމެއްކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

"މިއީ ފަސް އަހަރުގެ ޕްލޭނެއްގެ ފުރަތަމަ ބައި، މި އަހަރު ކުރިއަށް ދާނީ މީގެ ފުރަތަމަ ބައި،" މި ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމް މިއަދު ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ މިނިސްޓްރީގެ ބޭނުމަކީ އިސްލާމް ދީނަކީ މެދުމިނަށް ލޯބިކުރާ ދީނެއްކަން ރާއްޖެއާ ބޭރު ދުނިޔެއަށްވެސް ހާމަކުރުމުގައި ރާއްޖެއަކީ ލީޑު ކުރާ ބަޔަކަށްވުން ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ މީސްމީޑީއާގެ އެކި މަންސަތަކާއި ހުތުބާ، ދަރުސް، މީޑީޔާ ޕްރޮގްރާމްތަކާއި ފޯރަމް އަދި ސެމިނާތައް މެދުވެރިކޮށެވެ. އޭގެ އިތުރުން އުމްރާ ޓުއާތަކާއި ސްކޫލް އެގްޒިބިޝަނާއި ފެއާތަކާއި އެކިކަހަލަ މުބާރާތްތައް މެދުވެރިކޮށްވެސް މި ޕްރޮގްރާމާގުޅޭ އެކި މައުލޫމާތުތައް ދެވިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން