މަރާލާފައިވާ އީރާންގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީގެ ގަބުރު ކައިިރިއަށް ދިން ބޮމުގެ ހަމަލާއެއްގައި 103 މީހުން މަރުވެއްޖެއެވެ.
ސުލައިމާނީގެ ގަބުރު އޮންނަ މަގުބަރާ ކައިރިއަށް މީހުން ޖަމާވީ އޭނާ މަރާލި ދުވަހުގެ ހަނދާންތައް އާކޮށް އެދުވަސް ފާހަގަ ކުރުމަށެވެ. މި ނިރުބަވެރި ހަމަލާ ދިނީ އެއްވެފައިވާ މީހުންނަށް އަމާޒު ކޮށެވެ.
ފުރަތަމަ ގޮވުން ގޮވީ ސޮލޭމާނީގެ ގަބުރާއި 2،300 ފޫޓު (700 މީޓަރު) ދުރުންނެވެ. އޭގެ 20 މިނިޓް ފަހުން ދެވަނަ ގޮވުން ގޮވީ ސުލައިމާނީގެ ގަބުރާއި 0.6 މޭލު (1 ކިލޯމީޓަރު) ދުރުގައި ކަމަށް އިރްނާ އީރާނުން ބުނެފައި ވެއެވެ.
ސޮލޭމާނީގެ ގަބުރު ކައިރީގައި ފުރަތަމަ ގޮވާފައި ވަނީ ޕިއުޖީ 405 ކާރެއްގެ ތެރޭގައި ސޫޓްކޭސްއެއްގައި ބާއްވާފައިވާ ބޮމެކެވެ. ބޮން ގޮއްވާލާފައިވަނީ ރިމޯޓް ކޮންޓްރޯލުންނެވެ. މި ހަމަލާގައި 120 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އީރާނުން ބުނެއެވެ.
މިކަމުގެ ހިތާމައިގައި އީރާން ސަރުކާރުން ވަނީ މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އީރާނުން ބޭރުގެ އަސްކަރީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ވަރުގަދަ ޝަހްސެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސުލައިމާނީ މަރާލާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ 3 ވަނަ ދުވަހުއެވެ. ސުލައިމާނީ މަރުވެފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން ބަޣްދާދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާއަކުންނެވެ.
ޕެންޓަގަން އިން ބުނާ ގޮތުގައި ސުލައިމާނީ އާއި އޭނާގެ ދަށުން މަސައްކަތްކުރާ ސިފައިންނަކީ "އެމެރިކާ އާއި ކޯލިޝަންގެ ސާވިސް މެމްބަރުންގެ އެތައް ސަތޭކަ ބަޔަކު މަރުވުމާއި އެތައް ހާސް ބަޔަކު ޒަޚަމްވުމުގެ ޒިންމާ އުފުލަން ޖެހޭ ބައެކެވެ."
ވޭތުވެދިޔަ 40 އަހަރު ތެރޭގައި އީރާންގެ 23،000 ޢާންމުން ވަނީ މިފަދަ އެތައް ނިރުބަވެރި ހަމަލާތަކުގައި މަރުވެފައެވެ. އޭގެ ތެރެއިން 17،000 މީހުން މަރުވެފައިވަނީ ހުޅަނގުން ވާގިދޭ އިރާނަށް ނިސްބަތްވާ ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ މެކްގެ ނިރުބަވެރި ހަރަކާތްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު