މަހުޝަރުގެ ގަދަ ހޫނުން ސަލާމަތްކޮށްދޭނެ ފުރަތަމަ ކަމަކީ އަތް މަތި ދަތި މީހާގެ ދަރަނި އަދާކޮށްދިނުމުގައި ލުއިކޮށްދިނުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ގިޔާމަތް ދުވަހު އިރު ހުންނާނީ މީސްތަކުންގެ ބޯ މަތީ ވަރަށް ކައިރީގައި ކަމަށާއި އަދި އެ އިރުގެ ގަދަ އަވީން ހިޔާވަހިކަން ލިބޭނެ މަގުތައް މާތް ﷲ ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ.
އެގޮތުން މަހުޝަރުގެ ގަދަ ހޫނުން ސަލާމަތްކޮށް ދޭނެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އަތް މަތި ދަތި މީހާއަށް ދަރަނި އަދާކޮށްދިނުމުގައި ލުއިކޮށްދިނުން ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
އެކަމަކު އެ ދަރަނިވެރިންނަކީ މީސްތަކުންގެ މުދާ ބާތިލު ގޮތެއްގައި ކެއުމަށްޓަކައި ދަރަނި ނަގާ މީހުން ނޫން ކަމަށާއި އަދި ދަރަނި އަދާކުރެވޭ ހާލަތުގައި ދަރަނި ދެއްކުން ދިގު ދަންމާ މީހުންވެސް ނޫން ކަމަށެވެ.
"އެއީ ދަރަންޏެއް ނެގި ފަހުންވެސް ތަނަވަސްކަމެއް ނުލިބި ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތު ދިނުމެވެ. ނުވަތަ ދަރަނިން މިންވަރެއް އުނިކޮށްދިނުމެވެ." ހުތުބާގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން ވިޔަފާރިވެރިއަކު ވެސް ބަނގުރޫޓް ވެއްޖެ ނަމަ އޭނާގެ ދަރަނި އަދާކޮށްދިނުން އިތުރުކޮށްދެވިދާނެ ކަމަށް ބުނެފައި ވެއެވެ. ދަރަނިވެރިއާއަށް ލުއިކޮށްދޭ މީހާއަށް މާތް ﷲ އެކަލާންގެ އަރުޝީގެ ހިޔާވަހިކަން ވެސް ދެއްވާނެ ކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
ގިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭނެ އެހެން މީހުންގެ ތެރޭގައި އަދުލުވެރި ވެރިން ވެސް ހިމޭނެކަން ހުތުބާގައި ބުނެފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު