އިންޑޮނޭޝިއާގައި ދެ ރޭލެއް މުޑިއަރައިގެން ހިނގި ނުރައްކާތެރި ރޭލް އެކްސިޑެންޓެއްގައި 4 މީޙަކު މަރުވެއްޖެއެވެ.

ރެއިލްވޭ އޮޕަރޭޓަރު ޕީޓީން ބުނާ ގޮތުގައި މި އެކްސިޑެންޓްގައި 22 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައި ވެއެވެ. އެހެން ނަމަވެސް، އިންޑޮނޭޝިއާގެ ފުލުހުން މަޢުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާގައި ޖުމްލަ 37 މީހުންނަށް އަނިޔާ ލިބިފައި ވެއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑޮނޭޝިއާގެ ވެސްޓް ޖާވާ ޕްރޮވިންސްގައެވެ.

ރޭލްވޭ އޮޕަރޭޓަރު ޕީޓީ ކޭއައި އިން ބުނީ 287 ފަސިންޖަރުންނާއެކު އިންޓްރާ ސިޓީ ރޭލަކާއި 191 މީހުން ތިބި ލޯކަލް ލައިނަކާ މުޑި އަރާފައިވަނީ އިންޑޮނޭޝިއާ ގަޑިން ހެނދުނު 6:03 ހާއިރު (1103 ޖީއެމްޓީ) ކަމަށެވެ.

އިންޑޮނޭޝިއާ ފުލުހުންގެ ތަރުޖަމާނު އިބްރާހިމް ޓޮމްޕޯ ވިދާޅުވީ ޒަހަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން