އެލަސްކާ އެއާލައިންސްގެ ފްލައިޓެއްގެ އިމަޖެންސީ ދޮރުފަތް ވެއްޓުމުގެ ސަބަބުން ކުއްލި ހާލަތުގައި ޕޯޓްލޭންޑް ވައިގެ ބަނދަރަށް ޖައްސައިފިއެވެ.
މި ހާދިސާ ދިމާވި އެލަސްކާ އެއާލައިންސްގެ ބޮއިންގް 737 މެކްސް 9 މަރުކާގެ މި ބޯޓު ކެލިފޯނިއާއަށް ދަތުރުފެށިތާ 35 މިނެޓް ފަހުން އެނބުރި ޕޯޓްލޭންޑް ވައިގެ ބަނދަރަށް ޖެއްސީ ދިޔައީ ދަތުރުފެށިތާ މާގިނައިރު ތަކެއް ނުވެ ފްލައިޓްގެ އިމަޖެންސީ ދޮރުފަތް ވެއްޓުމުގެ ސަބަބުންނެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޖެންސީން ބުނީ ބޯޓު ޖެއްސީ ސަލާމަތުން ކަމަށެވެ.
އެލަސްކާ އެއާލައިނުން ބުނީ މިބޯޓު ދަތުރުކުރީ 177 ފަސިންޖަރުންނާއެކު ކަމަށެވެ. އެއެއާލައިނުން މިހާރު ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މީގެ ކުރީގައި އެކަހަލަ މައްސަލައެއް އެލެސްކާ އެއާލައިންސްގެ ފްލައިޓަކަށް ދިމާވެފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ފްލައިޓް ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި ކުއްލި ޙާލަތް މެދުވެރިވިއިރު ފްލައިޓް ދަތުރުކުރަމުން ދިޔައީ 16،000 ފޫޓަށް ވުރެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު