ބުރޫނާއީގެ ސުލްތާނު ހަސަނުލް ބޮލްކިއާ، 77އ ގެ ދަރިކަލުން ޢަބްދުލް މަތީން، 32އ ކައިވެނިކުރައްވަން އުޅުއްވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަމީރު މަތީންއަކީ ސުލްޠާން ބޮލްކިއާއަށް ލިބިވަޑައިގަތް 10 ވަނަ ދަރިކަލުން އަދި 4 ވަނަ ފިރިހެން ދަރިކަލުންނެވެ.

ސުލްތާންގެ ދެވަނަ އަނބިކަނބަލުން، މަރިއަމް ޢަބްދުލް އަޒީޒަށް ލިބިވަޑައިގަތް މަތީން ކައިވެނި ބައްލަވައި ގަންނަވަނީ އަނީޝާ އިސާ ކަލެބިކްއާއިއެވެ. މި ކައިވެނީގެ ރަސްމިއްޔާތުތައް މިއަދުން ފެށިގެން ޖެނުވަރީ 16 އާއި ހަމައަށް ދިގުދެމިގެންދާނެއެވެ.

އިންސްޓަގްރާމްގައި 2.4 މިލިއަން ފޮލޮވާސް ހިމެނޭ އަމީރު މަތީން ވަނީ ވަރަށް ފަހުން އަނީޝާގެ ފޮޓޯއެއްވެސް ޢާން،މުކުރައްވާފައެވެ. އަނީޝާއާއި މަތީންގެ ލޯބީގެ ގުޅުމާއި ބެހޭގޮތުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ޢާންމުކުރެވިފައިނުވި ނަމަވެސް އޭނާ އަކީ ސުލްތާން ބޮލްކިއާގެ އެޑްވައިޒަރ ޕެހިން ޑާޓޯ އިސާގެ ކާފަދަރިކަނބަލެއް ކަމަށް މީޑިއާތަކުން ބުނެއެވެ. ކާމިޔާބު ފެޝަން ބްރޭންޑް ސިލްކް ކަލެކްޓިވް އުފެއްދެވި އަނީޝާ އަކީ ގާތް ރަހުމަތްތެރިއަކާ އެކު އޮތެންޓިރޭރީ ކިޔާ ޓޫރިޒަމް އެންޓަޕްރައިޒެއްގެވެސް ކޯ-އޯނަރެކެވެ.

މަތީންއަކީ އޭނާގެ ޝާހީ އާއިލާގެ ބަދަލުގައި އޭނާ ކުރާހިތްވާ ކަންތައްތަކާއި ރަހުމަތްތެރިންނާއި ބެހޭގޮތުން އިންސްޓްގަރާމްގައި ޕޯސްޓުތައް ހިއްސާ ކުރައްވާ ބޭފުޅެކެވެ. އޭނާގެ މީސް މީޑިއާ ހޭންޑްލްތަކަށް ބަލާލާއިރު ދަތުރު ކުރެއްވުމަށް ލޯބިކުރައްވާކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. އެހެންކަމުން އޭނާ ވަނީ އޭޝިއާގައި ވަރަށް ބޮޑު މަގްބޫލުކަމެއްވެސް ހޯއްދަވާފައެވެ.

މިހާރު އޭނާ އަކީ ރޯޔަލް ބްރޫނާއީ އެއާފޯސްގައި ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޭޖަރ ރޭންކްގެ މަގާމެއް ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން މަތީން ވަނީ 2017 އާއި 2019 ވަނަ އަހަރު ސައުތު އީސްޓް އޭޝިއަން ގޭމްސްގައި ބްރޫނާއީ ތަމްސީލުކުރައްވާ، ޕޯލޯއަށް އޮންނަ ޝައުގުވެރިކަން ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން