ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ކުރީގެ ބަންޑާރަ ނައިބު އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާޒިމާ ޝުކޫރު ގޮވާލައްވައިފި އެވެ.
"ޕީއެސްއެމް"އިން ރޭ ކުރިއަށް ގެންދިޔަ "މޭޔަރު ބަހުސް 2024" ގައި އާޒިމާ ވިދާޅުވީ މާޒީގައި ރާއްޖެއަކީ މަސްތުވާތަކެތީގެ މައްސަލަ އޮތް ގައުމެއް ނޫން ކަމަށާއި ނަމަވެސް ފާއިތުވި އަހަރުތަކުގައި އެކަން ބަދަލުވީ ކަމަށެވެ،
އެހެންވެ އެކަން ހައްލުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ހައްލު ކުރެވޭނީ ކުށުގެ ވެއްޓަށް ރިއާޔަތްކޮށްގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ، އަދި ރާއްޖެއަށް މަސްތުވާތަކެތި އެެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އާޒިމާ ގޮވާލެއްވި އެވެ.
"ދިވެހިރާއްޖެއަށް ބޮޑެތި އަދަދުތަކުގައި މަސައްކަތުވާތަކެތި އެތެރެކުރާ މީހުންނަށް މަރު އަދަބު ދިނުމުގެ ވިސްނުން ސަރުކާރުތަކުން ގެންގުޅެން ޖެހޭ، އަދި ހަމަ އެއާއެކު ބޮޑެތި މައްސަލަތަކަށް މަރުގެ އަދަބު ތަންފީޒުކުރުމަކީވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް." އާޒިމާ ވިދާޅުވިއެވެ.
މެލޭޝިއާއާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެއެވެ. އެހެންވެ އެ އަދަބު އުވާލަން ޔޫރަޕްފަދަ ގައުމުތަކުން ވަރަށް ބޮޑަށް އެގައުމުތަކަށް ބާރު އަޅައެވެ.
ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް ބޭރުގެ ފިއްތުންތަކާއި ފާޑުކިއުމެވެ.

ކިޔުންތެރިންގެ ހިޔާލު