ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން.
ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން.
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނީ ރާއްޖެއަކީ ރައްކާތެރި ތަނެއް ކަމުގެ ޔަގީންކަން އެމީހުންނަށް ލިބިގެން ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވަމުންދާއިރު، ސަރުކާރުން ވަނީ މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުއިތަކެއްދީ، ރާއްޖޭގެ ބޯޑަރުވެސް ހުޅުވާލާފައެވެ.

އެކަމާ ގުޅިގެން ދުންޔާ ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވަމުން ދާއިރު، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދެވަނަ ފަހަރަށް ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރު ފަސް ޖެހޭނަމަ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް އިސާހިތަކު ރާއްޖޭގެ ޙާލަތު ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

ދުންޔާ މިހެން ވިދާޅުވެފައި ވާއިރު، ކޯވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެނަސް، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތެއް ކަމުގައި ސަރުކާރު ކޯލިޝަންގެ އެއް ހިއްސާދާރު އެމްއާރުއެމުންވެސް ވަނީ ބުނެފައެވެ.

މިނިވަން ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއާރުއެމުން ބުނީ، މިނިވަންދުވަސް އައިއިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށް ދަތުރުކުރެވޭނެ ޙާލަތާއި، ގޮތް ނެތި އެކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހިފައި ކަމަށެވެ. މިޙާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 50 މީހަކު ބައްޔަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ އަދަދު ވަނީ 3302 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން