ޣައްޒާގައި މަރުވާ ޢާންމުންގެ އަދަދު މިހާރު މާ ގިނަވެއްޖެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބްލިންކަން ވަނީ ދެމިއޮންނަ ސުލްހައަކަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައި، ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ދާއިމީ ގޮތެއްގައި ގެދޮރު ދޫކުރަން މަޖުބޫރުކުރުވުން ހުއްޓުވުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. އަދި ދުނިޔޭގެ އެކި ތަންތަނުން ޣައްޒާއަށް ފޮނުވާ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށްވެސް އޭނާ ގޮވާލައްވާފައި ވެއެވެ.



އެހެން ނަމަވެސް، އެމެރިކާއިން އިސްރާއީލާއެކު ކުރިއަށް ގެންދާ މިޝަންގެ ސަބަބުން "އޮކްޓޯބަރު ހަތެއްގައި ހަމާސްއިން އިޒްރޭލުގައި ހިންގިފަފަ ގަތުލުއާންމެއް ދެން ދުވަހަކުވެސް ތަކުރާރު ނުވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަނގުރާމަ ހުއްޓުމަކަށް އައުމާއެކު، ޣައްޒާގަައި ދިރިއުޅޭ މީހުން އަނބުރާ ގެދޮރަށް ވަދެވޭ ވަރު ކުރާނަން. ޣައްޒާގެ އުތުރުގެ ޙާލަތު ބެލުމަށް އދ. ގެ އެސެސްމެންޓް މިޝަނެއް ޣައްޒާއަށް ފޮނުވަން ހަމަޖެހިފައިވޭ. މެދުއިރުމަތީގެ ވަރަށް ގިނަ ޤައުމުތަކުން ޣައްޒާ އަލުން އާރާސްތުކުރުމަށް ތައްޔާރަށް ތިބީ." މެދުއިރުމަތީ ސަރަހައްދުގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ބްލިންކަން ވިދާޅުވިއެވެ.

ހަނގުރާމަ ފެށުނު ފަހުން މެދުއިރުމައްޗަށް ހަތަރު ވަނަ ފަހަރަށް ވަޑައިގެންނެވި ބްލިންކަން ވިދާޅުވީ ޣައްޒާގެ އާބާދީއަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން ޣައްޒާގެ ބޯޑަރު ހުރަސްކުރާ ކަރިމް ޝަލޮމް/ކަރިމް އަބޫ ސާލިމް ހުޅުވާދީފައިވާ ކަމަށް ބްލިންކަން ވިދާޅުވިއެވެ.

ބްލިންކަން މިފަދައިން ވިދާޅުވި ނަމަވެސް އިޒްރޭލުން އެގޮތަށް ކަންތައް ނުކުރާ ކަމަށް ފަލަސްތީނުގައި މަސައްކަތްކުރާ އިންސާނީ ޙައްޢުތަކާއި ބެހޭ ޖަމިއްޔާތަކުން ބުނެއެވެ.

ފަލަސްތީންގެ ހުޅަނގު އައްސޭރިއާއި މެެދުއިރުމައްޗަށް ބްލިންކަން ދަތުރުކުރައްވަނީ އަރަބިންގެ އިތުބާރު ހޯއްދަވައިގެން އިޒްރޭލަށް ފައިދާކުރުވުމަށް ކަމަށް ހަމާސް އިން ތުހުމަތުކުރެއެވެ.

7 އޮކްޓޫބަރުން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 23،200 ފަލަސްތީން މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން