ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްްކަތް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.
އާބަންކޯއިން މިއަދު ބުނިގޮތުގައި ކުރިއަށްއޮތް ރަމަޟާން މަހާ ދިމާކޮށް މިި މިސްކިތް ބިނާކުރަން ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން މި މަސައްކަތް މިހާރު ފަށާފައިިވާކަމަށާއި މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާނެކަމަށްވެސް އާބަން ކޯއިން ބުނެފައިވެ އެވެ.
މި މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި މިސްކިތުގައި އަންހެނުންނާއި ފިރިހެނުން ވަކިން ނަމާދު ކުރެވޭ ގޮތަށް ޖާގަހެދިގެންދާާނެ ކަމަސްވެސް އާބަންކޯއިން ބުނެފައިވެ އެވެ.
އާބަންކޯއިން މައުލޫމާތުދިންގޮތުގައި އެކުންފުނީގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން މި މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ.

ކިޔުންތެރިންގެ ހިޔާލު