ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައި ކުއްޖާ ނިޔާވެއްޖެއެވެ.
ވިލިނގި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން މިކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުން ކަމަށް ބުނެއެވެ.
އިތުރު ފަރުވާއަށް އެކުއްޖާ މާލެ ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓަކުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އެ ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މިކުއްޖާ މާލެ ގެނައުން ލަސްވުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ ވިލިނގިލި އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާވެސް ކޮށްފައެވެ.
އުމުރުން 13 އަހަރުގެ އެ ކުއްޖާއަކީ ބްރެއިން ޓިއުމަރެއް ހުރި ކުއްޖެއް ކަމަށާއި ކުއްޖާގެ ހާލު ދެރަވީ ސްޓްރޯކެއް ޖެހިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކުރިން އަވަސް ފަރުވާއަށް އިންޑިއާގެ ޑޯނިއޯ އަދި ހެލިކޮޕްޓަރުގައި މީހުން މާލެ ގެނައި ނަމަވެސް މި ސަރުކާރުން ވަނީ އެ ބޯޓުތަކުގައި މީހުން އުފުލުން ހުއްޓާލައިފައެވެ.
އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް އެއާ އެމްބިއުލާންސެއް ތަރައްގީ ކުރުމުގެ މަސައްކަތް މިސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އަންނަ މާޗުމަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު