އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   25 ޖެނުއަރީ 2024 - 1:29
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދަށް ލިބިވަޑައިގަންނަވާ މުސާރައާއި ބެހޭގޮތުން ބައެއް މީޑިޔާތަކުން ފަތުރަމުންދާ ވާހަކަތައް ފަޒުލް ދޮގުކުރަށްވައިފި އެވެ.

ފަޒުލް މިއަދު ވިދާޅުވެފައިވަނީ އޭނާގެ މުސާރައާއި ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)އިން އެ މައުލޫމާތު ސާފުކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.



ފަޒުލް މިހެން ވިދާޅުވެފައިވަނީ ބައެއް މީޑިޔާތަކުން ފަޒުލްގެ މުސާރައާއި ބެހޭގޮތުން ވާހަކަތަކެއް ފަތުރަމުންދިޔުމާ ގުޅިގެންނެވެ. އެގޮތުން އެ މީޑިޔާތަކުން ބުނާގޮތުގައި ފަޒުލްގެ މުސާރައަކީ 186,000 ރުފިޔާ އެވެ. އަދި މިއީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ އެމްޑީކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށްވުރެ ބޮޑު މުސާރެއެއްކަމަށްވެސް ބުނަމުންދެ އެވެ.

ފަޒުލް އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ދޮގު ވާހަކަތައް ފެތުރި ނަމަވެސް އެޗްޑީސީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހަލުވިކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސަައްކަތުގެ ތެރެއިން ކުރެވިގެންދާނެ ކަންކަން ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން