އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ގަތުލުޢާންމާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އިއްޔެ ނެރުނު އަމުރާ ދެކޮޅަށް ވޯޓު ދެއްވި ޔޫގަންޑާގެ ފަނޑިޔާރު ޖޫލިއާ ސަބޫތިންދޭއަށް އެ ގައުމުގެ ސަރުކާރުން ވަރުގަދަ ރައްދެއް ދީފި އެވެ.
އައިސީޖޭއިން އިއްޔެ އަމުރު ނެރުނީ 15 ފަނޑިޔާރުންގެ ވޯޓާއެކު އެވެ.
އެ އަމުރާ ދެކޮޅަށް ވޯޓު ދެއްވީ އިސްރާއިލް ތަމްސީލު ކުރައްވާ ފަނޑިޔާރު އަހަރޮން ބަރަކް އަދި ޔޫގެންޑާ ތަމްސީލުކުރައްވާ ފަނޑިޔާރު ޖޫލިއާ އެވެ.
ގިނަ ބައެއްގެ ނުރުުހުން އެންމެ ބޮޑަށް އަމާޒުވީ ވެސް ޔޫގަންޑާގެ ފަނޑިޔާރަށެވެ.
އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ޖޫލިއާގެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ނިންމުން އެ ގައުމުގެ ސަރުކާރުން ބަަލައިނުގަންނާނެ ކަމަށެވެ.
ޔޫގެންޑާއަކީ އަބަދުވެސް ފަލަސްތީނާ އެއްކޮޅަށް ވޯޓު ދެމުންގެންދާ ގައުމެކެވެ.
އައިސީޖޭއިން ނެރުނު ބަޔާނުގައި އިސްރާއިލުން ހަމަލާތައް ދިނުން ހުއްޓާލުމަށް އަމުރެއް ނުކުރެ އެވެ. ނަމަވެސް އިޒްރޭލުން ޣައްޒާގެ ޢާންމުންގެ ފުރާނަތައަށް ނުރައްކާ ކުރުން ހުއްޓުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ކޯޓުން އަންގާފައި ވެއެވެ. އަދި ދުނިޔޭގެ އެކި ތަންތަނުން ޣައްޒާއަށް ފޮނުވަމުންދާ އެހީގެ ސާމާނު ފޯރުވުމުގައި ހުރަސް ނޭޅުމަށްވެސް ކޯޓުން އަމުރުކޮށްފައި ވެއެވެ.
ދަ ހޭގްގެ ކޯޓުން ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު