ޣައްޒާއާއި އެކުވާކަން ދައްކައި، ޣައްޒާގެ ގިނަަބަޔަކު ތަހައްމަލު ކުރަމުންދާ ބަނޑުހައިހޫނުކަން ތަމްސީލުކޮށްދިނުމަށް، އެމެރިކާގެ ފެޑެރަލް މުވައްޒަފުންތަކެއް ރޯދައެއް ހިފަން ނިންމައިފިއެވެ.
ޣައްޒާއަށްޓަކައި ހިފާ ރޯދައިގެ ނަމުގައި މިރޯދަ ހިފުން ކުރިއަށްދާނީ ބުރާސްފަތި ދުވަހު ކަމަށްވެއެވެ. އެމެރިކާގައި ފެޑެރަލް ސަރުކާރުގެ މުވައްޒަފުން މި ކުރަން ރާވާފައި ވަނީ ފަލަސްތީނުގެ ހާލަތާއި ގުޅުވައިގެން ރައީސް ޖޯ ބައިޑަންއާއި އޭނާގެ ސަރުކާރުން ދިން ރައްދުތަކާ ގުޅިގެން އެކަމާ ދެކޮޅުކަން ދައްކުވައިދޭންކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ރޯދަ ހިފުމުގެ ހަރަކާތް އިންތިޒާމް ކުރަނީ ޑިޕާޓްމަންޓް އޮފް ޑިފެންސް، ހޯމްލޭންޑް ސެކިއުރިޓީ އަދި ސްޓޭޓް ހިމެނޭ ގޮތަށް ސަރުކާރުގެ 20 އަށް ވުރެ ގިނަ އިދާރާ ތަމްސީލުކުރާ 'ރެޕްރެޒެންޓޭޓިވްސް ފޯ ފެޑްސް ޔުނައިޓެޑް ފޯ ޕީސް' އިންނެވެ.
ފެޑެރަލް މުވައްޒަފަކު މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ރޯދަ ހިފާ ދުވަސް ބޭނުންކުރާނީ އިސްރާއީލުން "ގަސްތުގައި ޣައްޒާއަށް ކާނާ ވަނުން ހުއްޓުވައިގެން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން" ބޭނުންކުރާ ކަމަށް އަލިއަޅުވާލުމަށެވެ.
ބުރާސްފަތި ދުވަހުގެ މިހަރަކާތުގައި ބައިވެރިވާ މީހުންނަށް ވަނީ ކަޅު ހެދުމެއް ނުވަތަ ފަލަސްތީނުގެ ސަގާފީ ކެފިޔޭ އަޅައިގެން މަސައްކަތަށް ނުކުތުމަށް އަންގާފައެވެ.
ބައެއް މީޑިއާ ތަކުން ރިޕޯޓުކުރާގޮތުގައި މި ހަރަކާތް ހިންގަން ރާވައިފައި ވަނީ އިސްރާއީލާ މެދު ރައީސް ބައިޑަންގެ ވިސްނުންފުޅު ހުންނެވިގޮތާއި، އަދި ޣައްޒާގެ އެތެރޭގައި ދެމުންދާ އަސްކަރީ ހަމަލާއާއި ގުޅިގެން ސަރުކާރުގެ ބައެއް މުވައްޒަފުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު