ވިރާޓް ކޯލީ އަދި އަނުޝްކާ ޝަރްމާ: ދުނިޔޭގެ އެންމެ މަޤުބޫލު ޖޯޑުގެ ތެރޭހިމެނޭ އިންޑިޔާގެ ދެ ފަންނާނުން. މިދެމަފިރިން ފާހަގަކޮށްލެވެނީ މުޅިން ތަފާތު ދެ ދާއިރާއިން
ވިރާޓް ކޯލީ އަދި އަނުޝްކާ ޝަރްމާ: ދުނިޔޭގެ އެންމެ މަޤުބޫލު ޖޯޑުގެ ތެރޭހިމެނޭ އިންޑިޔާގެ ދެ ފަންނާނުން. މިދެމަފިރިން ފާހަގަކޮށްލެވެނީ މުޅިން ތަފާތު ދެ ދާއިރާއިން
މަޝްހޫރު ހުނަރުވެރި ތަރިންގެ ޖޯޑްތަކަކީ ދުނިޔޭގެ އެތައްބައެއްގެ ސަމާލުކަން ހޯދާއި މަގުބޫލުކަން ލިބިފައިވާ ޖޯޑްތަކެކެވެ. އެގޮތުން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބި އެންމެ މަޤުބޫލު ދެމަފިރިންގެ ތެރޭ ހޮލީވުޑް އަދި ބޮލީވުޑް ތަރިންގެ އިތުރުން އެހެނިހެން ދާއިރާތަކުގައި ފައިތިލަ ސާބިތުކޮށްފައިވާ ހުނަރުވެރި ދެމަފިރިން ހިމެނެއެވެ.

އެގޮތުން މިބަލާލަނީ ދުނިޔޭގައި އެންމެ މަގުބޫލު ދެމަފިރިންގެ ގޮތުގައި ލިސްޓުކުރެވިފައިވާ މަގުބޫލު ޖޯޑްތަކަށެވެ.

ވިރާޓް ކޯލީ އަދި އަނުޝްކާ ޝަރްމާ

ފުރަތަމަ މިބަލާލަނީ ތަފާތު ދެ ދާއިރާއެއްގައި މަސައްކަތް ކުރާ ޖޯޑަކަށެވެ. އިންޑިޔާގެ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީ އަދި ބޮލީވުޑްގެ ނަންމަޝްހޫރު ތަރިއެއް ކަމަށްވާ އަނުޝްކާ ޝަރުމާއެވެ. މިޖޯޑަކީ އާންމުންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ލިބިފައިވާ ޖޯޑެކެވެ. އެދެމީހުންނަކީ އިންޑިޔާގެ ކާމިޔާބު ތަރިންގެ ތެރޭން ވަރަށް މުއްސަނދި ޖޯޑެއްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.



ބަރަކް އޮބާމާއަދި މިޝޭލް އޮބާމާ



އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ އެންމެ ފުރަތަމަ ރައީސްއަކީ އޮބާމާއެވެ. އެމެރިކާގެ ފަސްޓް ލޭޑިއަށް ވުމުގެ މާކުރިންވެސް އަނބިކަނބަލުން މިޝެލްއަކީ ވަރަށް ގިނަ ކާމިޔާބީތައް ހޯދާފައިވާ ބޭކަނބަލެކެވެ. ހަމައެފަދައިން ބަރަކް އަކީވެސް މީހުންގެ މަޤްބޫލްކަމާއި އެކި އެކި ދާއިރާތަކުން ކާމިޔާބީ ހޯދާފައިވާ ބޭފުޅެކެވެ. މީޑިޔާ ރިޕޯޓްތަށް ބުނާ ގޮތުގައި މިޖޯޑަށް އަހަރެއްގެ މައްޗަށް 135މިލިޔަން ޑޮލަރު ލިބެއެވެ.



ޝާހްރުކް ހާން އަދި ގޯރީ ހާން



ބޮލީވުޑްގެ ރަސްގެފާނުކަމަށް ދައުވާކުރާ ޝާރުކް ހާން އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ޝާހުއަކީ ބޮލީވުޑްގެ ގިނަ އެވޯޑުތަށް ލިބި އާއްމުންގެ ލޯބި ވަރަށް ބޮޑަށް ލިބިފައިވާ ތަރިއެކެވެ. ހަމައެފަދައިން ޝާހުގެ އަންހެނުން ގޯރީ ހާން އަކީވެސް މަޝްހޫރު އިންޓީރިޔާ ޑިޒައިނަރެކެވެ. އަދި ރެޑް ޗިލީސް އެންޓަޓެއިންމަންޓް ޕްރޮޑަކްޝަންގެ ކޯ ފައުންޑާވެސް މެއެވެ. މީގެ އިތުރުން މިދެމަފިރިންނަކީ އެން.ޖީ.އޯއެއް ވެސް ހިނގާ ޖޯޑެކެވެ. މިދެމަފިރިން ވަނީ މި އެން.ޖީ.އޯގެ ޒަރީޔާއިން ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިކަން ފޯރު ކޮށްދީފައެވެ. ހާންސް އަކީ ބޮލީވުޑްގައި އެންމެ ބޮޑަށް މަޤްބޫލްކަން ހޯދާފައިވާ ޖޯޑުތަކުގެ ތެރޭން ޖޯޑެކެވެ.

ޑޭވިޑް ބެކަމް އަދި ވިކްޓޯރިޔާ ބެކަމް



މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އަދި ސްޕައިސް ގާލްސްގެ ތަރި ވިކްޓޯރިޔާ ބެކަމްގެ ގުޅުމަކީ މިޖީލުގެ ގިނަބަޔަކު ވަރަށް ގަޔާވާ ޖޯޑެކެވެ. މިދެމީހުން ކައިވެނި ކޮށްގެން އުޅޭތާ 20އަހަރު ވެއްޖެކަމަށް މީޑީޔާ ރިޕޯރޓްތަކުން ބުނެއެވެ. ބެކަމް އަކީ ފުޓްބޯޅަ ކުޅުގެން މިލިޔަނެއްހާ ޑޮލަރު ހޯދާފައިވާ މީހެކެވެ. ވިކްޓޯރިޔާ، ލަވަކިޔުން ހުއްޓާލާ މިހާރު މަސައްކަތް ކުރަނީ ފެޝަން ޑިޒައިނަރެއްގެ ގޮތުގައެވެ. ވިކްޓޯރިޔާގެ އަމިއްލަ ބްރޭންޑްއަކާއި ސްކިން ކެއާ ޕްރޮޑަކްޓްސް ތަކެއްވެސް އުފައްދާފައިވެއެވެ. ޑޭވިޑް އަދި ވިކްޓޯރިޔާއަށް 4 ކުދިން ލިބިފައިވެއެވެ



ސާނިޔާ މިރްޒާ އަދި ޝުއައިބް މާލިކް





ޕާކިސްތާނާއި އިންޑިޔާއަކީ އަބަދު ކޯޅޭ ދެޤައުމު ކަމުގައިވެސް އިންޑިޔާގެ ޓެނިސް ކުޅުންތެރިއާ ސާނިޔާ މިރުޒާ އަދި ކުރީގެ ޕާކިސްތާންގެ ކްރިކެޓް ކުޅުންތެރިޔާ ޝުއައިބް މާލިކު ވަނީ ކައިވެނިކޮށްފައެވެ. އެންމެ އިހު ޒަމާނުންސުރެން ދެގައުމު ދެމެދުގައި ރުޅިވެރިކަން އޮތް ނަމަވެސް މިޖޯޑު މިވަނީ މިދެގައުމަށްވެސް ރީތި މިސާލެއް ދައްކާފައެވެ. ނަސްލަކަށް ގައުމަކަށް ބެލުމެއް ނެތި މިދެލޯބިވެރިން މިވަނީ އެކުގައި އަބަދު އުޅުމަށް ނިންމާފައެވެ.



ޖޯޖް ކްލޫނީ އަދި އާމާލް ކްލޫނީ





ހޮލީވުޑްގެ އެކަޑަމީ އެވޯރޑް ހާސިލްކޮށްފައިވާ ޕްރޮޑިއުސަރ އަދި އެކްޓަރ ޖޯޖް ކްލޫނީއަކީވެސް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަރިއެކެވެ. ޖޯޖްގެ އަންހެނުން އާމާލް ކްލޫނީއަކީ އިންސާނިޔަތުކަމުގެ ހައްގުގައި މަސައްކަތް ކުރާ މީހެކެވެ. މިނޫނަސް އާމާލްއަކީ ޔޫ.އެންގެ އެޑްވައިސަރެއް އަދި ވާހަކަ ލިޔުންތެރިޔެއްވެސް މެއެވެ. މަގުބޫލު ގާނޫނީ ވަކީލެއްވެސް މެއެވެ. މިދެ ލޯބިވެރިން ކައިވެނި ކޮށްފައިވަނީ 2015ވަނަ އަހަރު އިޓަލީގައެވެ. 2017ވަނަ އަހަރު މިދެމީހުންނަށްވަނީ އެންމާ ބަނޑު ދެކުދިންވެސް ލިބިފައެވެ. މިޖޯޑަކީވެސް ވަރަށް ގިނަ ކާމިޔާބީތައް ހޯދާ އަދި ވަރަށް ގިނަ ބައެއްގެ މަޤްބޫލުކަންވެސް ހޯދާފައިވާ ޖޯޑެކެވެ.



ސެރީނާ ވިލިއަމްސް އަދި އެލަކްސިސް އޮހާނިއަން



އެމެރިކާގެ މަޝްހޫރު ޓެނިސް ކުޅުންތެރިއާ ސެރޭނާ ވިލިއަމްސް އަކީ މުޅި މިގަރުނުގައިވެސް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ސެރޭނާ ކައިވެނި ކޮށްގެން އުޅެނީ ސޯޝަލް ނިއުސް ވެބްސައިޓެއް ކަމަށްވާ ރެޑިޓްގެ ކޯފައުންޑަރ އެލެކްސިސް އޮހާނިއަންއާއެވެ. އެލެކްސިސްއަކީ ވަރަށް ވިސްނުން ތޫނު މީހެއްކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލްކުރާކަމަށް ބައެއް މީޑިޔާ ރިޕޯރޓްތަކުގައިވެއެވެ.މި ޖޯޑު ވެސް ހިމެނެނީ އެންމެ ފާހަގަ ކުރެވޭ ޖޯޑު ތަކުގެވލިސްޓުގައެވެ



އެވަން ސްޕީގަލް އަދި މެރެންޑާ ކަރ





އެންމެފަހުގެ 'ޕަވާ ކަޕަލް' ކަމަށް މީޑިޔާތަކުގައި ބުނަނީ ގިނަބަޔަކު ބޭނުންކުރާ ސްނެޕްޗެޓްގެ ސީ.އީ.އޯ އެވަން ސްޕީގަލލްއާއި ސުޕަރ މޮޑެލް މިރެންޑާ ކަރއެވެ. ސްނެޕްޗެޓް އުފެއްދި އެވަން ގެ ކުންްފުންޏަށް އަހަރެއްގެ މައްޗަށް 20 ބިލިޔަން ޑޮލަރު ލިބޭކަމަށް ބައެއް މީޑިޔާ ރިޕޯރޓްތަކުން ބުނެއެވެ. މިރެންޑާއަކީ ވިކްޓޯރިޔާ ސީކްރެޓް މޮޑެލްއެކެވެ. އަދި އޭނާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު މޮޑަލުންގެތެރޭން ހިމެނޭ މޮޑަލްއެކެވެ. މިރަންޑާއަކީ 'ކޯރާ އޯރގައިނިކްސް' ނަމަކަށް ކިޔާ ވެލްނަސް ކުންފުނި އުފެއްދި ފަރާތެވެ. މިޖޯޑު ކާމިޔާބީ ހޯދުމުގައި ބުރަކޮށް އުޅުނަސް ލިބޭހުސް ވަގުތު ތަކުގައި މުޅިންވެސް ހޭދަ ކުރަނީ އެކުގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މި ދެލޯބިވެރިން ނަށް 2 ކުދިން ލިބިފައިވެއެވެ.



ބިޔޯންސޭ އަދި ޖޭ ޒީ





ހޮލީވުޑްގެ މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ ބިޔޯންސޭ އަދި ޖޭ ޒީގެ ނަން މި ލިސްޓަށް ނުލައެއް މީގެ ހަގީގީ ފުރިހަމަ ކަމެއް ނާންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާނެއެވެ. މިޖޯޑަކީ މުޅި އިންޑަސްޓްރީގައިވެސް އެންމެ އަގުބޮޑު ދެ ލަވަކިޔުންތެރިންނެވެ. މިދެލޯބިވެރިންނަށް ތިން ކުދިން ލިބިފައިވެއެވެ، ބިޔޯންސޭ އަދި ޖޭ ޒީއަކީ އަމިއްލަ ދިރިއުޅުމުގެ ކަންތައް މީޑިއާ ތަކަށް ސިއްރުކުރަން ވަރަށް މަސައްކަތް ކުރާ ދެތަރިންނެވެ.



ކިޔުންތެރިންގެ ހިޔާލު


21

ލައިލާ މަޖުނޫން

30-Jul-2020

ނަސީދު އާ ހިސޯނު ގެ ޖޯޑު ކޮބާ



ޓްރެންޑިން