އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   4 ފެބްރުއަރީ 2024 - 18:24
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑޮލަރު އޭޓީއެމެެއް ހުޅުމާލޭގައި ގާއިމްކޮށް ޚިދުމަތް އިފްތިތާހް ކޮއްފި އެވެ.

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނި ގޮތުގައި ހުޅުމާލޭ ވަން އެވަނިއުގައި ގާއިމް ކުރި މި އޭޓީއެމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހް ކޮއްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓާރ ފަޒުލް ރަޝީދު ކަމަށެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް ޑިރެކްޓަރ މުފައްދަލް އިދްރީސް ހުމްރީވެސް ބައިވެރިވަޑައިގެންފައި ވެއެވެ.



މި އޭޓީއެމްއާއެކު އެމްއައިބީން މިހާރު އަންނަނީ މާލެ ސަރަހައްދުގެ ތިން ތަނެއްގައި ޔޫއެސް ޑޮލަރު އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ދެމުންނެވެ.

އިސްލާމިކް ބޭންކްގެ ހުޅުމާލެ ބްރާންޗުގައި ގާއިމް ކުރި މި އޭޓީއެމްގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާ އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން