އެހެންމީހަކު ކުޅަ އަމަލެއްގެ ސަބަބުން މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރި މަރުވެއްޖެނަމަ އެކަމުގެ ޙުކުމަކީ އެ ދަރިފުޅުގެ ވާރުތަވެރިންނަށް ޣުއްރާއެއްގެ މިންވަރު ދިޔައިގެ ގޮތުގައި ދިނުމާއި، ކައްފާރާ ދިނުން ކަމަށް ރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީން ބުނެފިއެވެ.
ފިޤްހު އެކަޑަމީއިން މިއަދު އާންމުކުރި ފަތުވާގައި ބުނެފައިވަނީ ޑޮކްޓަރެއްގެ ފަރުވާކުޑަކަމުން ނުވަތަ އެހެން މީހަކު ކުޅަ އަމަލެއްގެ ސަބަބުން މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރި މަރުވެއްޖެނަމަ ނުވަތަ އެފަދަ އަމަލެއްގެ ސަބަބުން ދަރި ވެއްޓުނުއިރު އޮތީ މަރުވެފައިނަމަ އިސްލާމީ ޝަރީއަތުގައި އޮންނަނީ އެކަން ކުރި މީހާ ކުއްޖާގެ ވާރުތަވެރިންނަށް ޣުއްރާއެއްގެ މިންވަރު ދިޔައިގެ ގޮތުގައި ދިނުމާއި ކައްފާރާ ދިނުން ކަމަށެވެ.
"ޣުއްރާއަކީ މިނިވަނެއްގެ ދިޔައިގެ ދިހަބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބައެވެ. އެއީ ޖަމަލުންނަމަ ފަސް ޖަމަލެވެ. ދީނާރުންނަމަ 50 ދީނާރެވެ. އެއީ ޚާލިޞް ރަނުގެ 212.5 ގްރާމެވެ. ދިރުހަމުން ނަމަ 500 ދިރުހަމެވެ." ފަތުވާގައި ބުނެފައިވެއެވެ.
ރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީން ބުނީ މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމަލުފުޅުންނާއި ބަސްފުޅުންނާއި ނިޔާފުޅުން ސާބިތުވާ ގޮތް ކަމަށެވެ.
ފަތުވާގައި ބުނެފައިވަނީ ކައްފާރާދިނުމަކީ މުއުމިނު އަޅަކު މިނިވަންކުރުން ކަމަށާާއި، މިނިވަންކުރާނޭ މުއުމިނު އަަޅަކު ނުލިބިއްޖެނަމަ ވިދިވިދިގެން ހަނދުމަހުގެ ދެމަސްދުވަހު ރޯދަ ހިފުން ކަމަށެވެ. މި ހުކުމް ސާބިތުވަނީ ކީރިތި ޤުރްއާނުގެ އައްނިސާ ސޫރަތުގެ 92 ވަނަ އާޔަތުން ކަަމަށް ފަތުވާގައި ބުނެފައިވެއެވެ.

ފަތުވާ 10: މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިއާ ބެހޭގޮތުން ނެރެފައިވާ ފަތުވާ.@MVIaffairs pic.twitter.com/Q7DfijjTEI
— Supreme Council for Fatwa (@fatwamajlis) February 4, 2024
ފަތުވާގައި ބުނެފައިވަނީ ކައްފާރާދިނުމަކީ މުއުމިނު އަޅަކު މިނިވަންކުރުން ކަމަށާާއި، މިނިވަންކުރާނޭ މުއުމިނު އަަޅަކު ނުލިބިއްޖެނަމަ ވިދިވިދިގެން ހަނދުމަހުގެ ދެމަސްދުވަހު ރޯދަ ހިފުން ކަމަށެވެ. މި ހުކުމް ސާބިތުވަނީ ކީރިތި ޤުރްއާނުގެ އައްނިސާ ސޫރަތުގެ 92 ވަނަ އާޔަތުން ކަަމަށް ފަތުވާގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު