ސުޝާންތު ސިންގް ރާޖްޕުތް އަދި ރިޔާ ޗަކްރޮބަތީ
ސުޝާންތު ސިންގް ރާޖްޕުތް އަދި ރިޔާ ޗަކްރޮބަތީ
ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކޮށް އެދި އިންޑިޔާގެ ޕަޓްނާ ޕޮލިސް ސްޓޭޝަނަށް އެ އާއިލާއިން މައްސަލައެއް ހުށައަޅައިފިއެވެ.

ސުޝާންތުގެ ބައްޕަ މި މައްސަލަ ހުށަހަޅާފައިވަނީ ސުޝާންތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރިޔާ ޗަކްރޮބަތީ، ސުޝާންތު އަމިއްލައަށް މަރުވާން ހިތްވަރުދިންކަމަށާއި އޭނާއަށް އެކި ގޮތްގޮތުން ދޯކާދީފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ ދަރިފުޅުގެ މަރު އިތުރަށް ތަހުގީގު ކޮށްދިނުމަށް އެދިއެވެ.

ސުޝާންތުގެ އާއިލާއިން ޕަޓްނާ ޕޮލިސްއަށް މައްސަލަ ހުށައެޅިއިރު މުމަބައި ޕޮލިހުންވެސް އަދިވެސްދަނީ ސުޝާންތުގެ މަރު އިތުރަށް ތަހުގީގުކުރަމުންނެވެ. އެގޮތުން މުމްބައި ޕޮލިހުންވަނީ މި މައްސަލައިގައި މިހާތަނަށް 40 މީހަކާއި ސުވާލު ކޮށްފައެވެ. އޭގެ ތެރޭގައި ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އަދި ޑިރެކްޓާރ މަހޭޝް ބަޓް ހިމެނެއެވެ.

ޕަޓްނާގެ ޕޮލިހުންގެ ޓިމެއްވެސްވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މުމްބާއިއަށް ގޮސްފައެވެ. ސުޝާންތުގެ ބައްޕަ، ކޭ.ކޭ. ސިންގް އެންމެ ބޮޑަށް ރިޔާއަށް ތުހުމުތު ކުރާ އެއްކަމަކީ ސުޝާންތުގެ ބޭންކް އެކައުންޓްއިން ރިޔާގެ ބޭންކް އެކައުންޓަށް 15ކަރޯޑް ރުޕީސް ފޮނުވާފައިވާތީއެވެ. އަދި ސުޝާންތުގެ ހުރިހާ ކްރެޑިޓް ކާޑަކާއި އޭނާގެ ބޭންކް އެކައުންޓްގެ ހުރިހާ ކަމެއް ކުރަނީ ރިޔާ އާއި އޭނާގެ އާއިލާކަމަށް ކޭ.ކޭ ސިންގް ތުހުމަތު ކުރެއެވެ.

ސުޝާންތުއާއެއްކޮށް ދިރިއުޅެމުން ދިޔަނަމަވެސް ޖޫން 8 ވަނައަށް ވީދުވަހު ރިޔާ އެގެ ދޫކޮށް ދިޔަކަމަށް މީޑިޔާ ރިޕޯރޓްތަކުގައިވަނީ ބުނެފައެވެ.

އޭގެ އިތުރުން ސިއްހީ މައްސަލައެއް ހުރި ކަމަށް ބުނެ، ރިޔާވަނީ ސުޝާންތު ބްލެކްމެއިލް ކޮށްފައިކަމަށްވެސް ކޭކޭ ސިންގްވަނީ ތުހުމަތު ކޮށްފައެވެ.

ރާޖްޕުތް އާއިލާ މެމްބަރުން ބުނާގޮތުގައި ޕަޓްނާ ޕޮލިހަށް މައްސަލަ ހުށައަޅަން ޖެހުނީ މުމްބައި ޕޮލިހުންނާއި ދޭތެރޭ ހިތްހަމަ ނުޖެހޭތީއެވެ. ހަމައެއާއެކު ސުޝާންތަށް ހެޔޮއެދޭ އޭނާގެ ސަޕޯޓަރުން ދަނީ ބޮލީވުޑް އިންޑަސްޓްރީތެރޭ ފެތުރިފައިވާ ނެޕޯޓިޒަމް ދެކޮޅަށް މަސައްކަތްކުރާ އެދާއިރާއިން އަޑުއުފުލަމުންދާ ފަންނާނުންގެ އެހީއާއެކު ސުޝާންތުއަށް އަސްލުވީ ގޮތް ބެލުމަށް މިމައްސަލަ ސީ.ބީ.އައިއާ ހަވާލް ކުރުމަށް މީސްމީޑިޔާގައި ޕެޓިޝަންއެއް ހަދާފައެވެ.

މިމައްސަލާގައި ދުނިޔޭގެ އެތަންމިތަނުގައި ތިބި ސުޝާންތުގެ ސަޕޯޓަރުން ރިޔާއަށް ތަފާތު ތުހުމަތުތަކެއްކޮށް މީސްމީޑިއާގައި ހާމަމުރަމުންދާއިރު އެއްޗެއް ބުނެފައި ނުވާތާ، އެންމެފަހުން އޭނާއާއި ދެކޮޅަށް ސުޝާންތުގެ ޢާއިލާއިން އެހުރިހާ ތުހުމަތެއްކޮށް ޕަޓުނާ ޕޮލިހަށް ހުށަހެޅުމުންވެސް ރިޔާގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން