ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ހާޖީންނަށް އެހީވުމުގެ ފުރުސަތު ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ދާދިފަހުން ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ޑރ. ޝަހީމް ސަޢުދީއަށް ކުރެއްވި ދަތުރުފުޅުގައި، ސަޢުދީގެ ހައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ އާއި ބައްދަލު ކުރަށްވައި ދިވެހި ދަރިވަރުންނަށް ހާޖީންނަށް އެހީވުމުގެ ފުރުސަތު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށައެޅުމަށް، ސައުދީ ހައްޖު ވުޒާރާއިން އެއްބަސްވެ، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިނިސްޓްރީއަށް މިއަދު ވަނީ އަންގަވާފައި ކަމަށެވެ.
އަދި އެފުރުސަތު ދެއްވި ކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރ ޑރ ތައުފީޤަށާއި ޙައްޖާއި އުމްރާއާ ބެހޭ ސައޫދީގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް މިނިސްޓަރ ޝަހީމްވަނީ ވިދާޅުވެފައެވެ.
ދިވެހި ދަރިވަރުންނަށް ހާޖީންނަށް އެހީވުމުގެ ފުރުސަތު ލިބިފައިވާއިރު، ރާއްޖެއަށް މިއަހަރުގެ ޙައްޖުގައި ލިބިފައިވަނީ 1000 ކޯޓާއެވެ. އަދި އެހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން، ސައުދީ ހައްޖު ވުޒާރާއިން އެއްބަސްވެ، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިނިސްޓްރީއަށް މިއަދު ވަނީ އަންގަވާފަ.👇 pic.twitter.com/VlBklRomfZ
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 7, 2024
ދިވެހި ދަރިވަރުންނަށް ހާޖީންނަށް އެހީވުމުގެ ފުރުސަތު ލިބިފައިވާއިރު، ރާއްޖެއަށް މިއަހަރުގެ ޙައްޖުގައި ލިބިފައިވަނީ 1000 ކޯޓާއެވެ. އަދި އެހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު