މާޒީގައި އިންޑިޔާއިން ރާއްޖެއަށް ގިނަގުނަ އެހީތައް ވެދީފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހަނދާން ކޮށްދީފިއެވެ.
ޝަރީފް އެކްސްގައި މިއަދު ވިދާޅުވީ، 1988 ގެ ޓެރަރިސްޓް ހަމަލާގައްޔާއި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައާއި އަދި 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައިވެސް އިންޑިޔާއިން ރާއްޖެއަށް އެހީތެރިވެދީފައި ވާނެ ކަމަށެވެ.
އޭގެ އިތުރުންވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައިވެސް އިންޑިޔާއިން އެހީތެރިވެދީފައި ވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ޝަރީފް ވަނީ މީގެ ކުރިންވެސް އިންޑިޔާ-ރާއްޖެ ގުޅުމާމެދު ވަރަށް ގިނައިން ވާހަކަ ދައްކަވާފައެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހު ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އިންޑިއާ ކަނޑުގެ ސުލްހަމަސަލަސްކަން ދެމިއޮތުމަށްޓަކައި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.
ޝަރީފް އެދުވަހު ވިދާޅުވީ، އިންޑިއާއާ ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، އުފެދޭ ހިޔާލުތަފާތުވުންތައް އެކުވެރި މާހައުލެއްގައި މަޝްވަރާކޮށްގެން ޑިޕްލޮމެސީއަށް އިސްކަމެއް ދީގެން ހައްލު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެއީ އިންޑިއާ ކަނޑުގެ ސުލްހަމަސަލަސް ކަމާއި ރައްކާތެރިކަމަށް ވަރަށްވެސް މުހިންމު ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ، އިންޑިއާއާ ރާއްޖެއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަވަސް ކަމާއި ގުޅުވައެވެ. އަލަށް އުފެދުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޑިއާގެ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ފެށުމާއެކު އެކި ގޮތްގޮތުން ދެ ގައުމުގެ މެދުގައި ނުސީދާކޮށް ނުތަނަވަސްކަން އިތުރުވެފައިވެއެވެ.

During 88 terrorist attack,India promptly assisted🇲🇻 n withdrew its troops when they were no longer required.India also offered assistance during 2004 tsunami n 2014 water crisis in Male. India also had assisted in realising socio-economic development n infrastructure projects
— Ibrahim Shareef (@AdduShareef) February 15, 2024
ޝަރީފް ވަނީ މީގެ ކުރިންވެސް އިންޑިޔާ-ރާއްޖެ ގުޅުމާމެދު ވަރަށް ގިނައިން ވާހަކަ ދައްކަވާފައެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހު ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އިންޑިއާ ކަނޑުގެ ސުލްހަމަސަލަސްކަން ދެމިއޮތުމަށްޓަކައި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.
ޝަރީފް އެދުވަހު ވިދާޅުވީ، އިންޑިއާއާ ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، އުފެދޭ ހިޔާލުތަފާތުވުންތައް އެކުވެރި މާހައުލެއްގައި މަޝްވަރާކޮށްގެން ޑިޕްލޮމެސީއަށް އިސްކަމެއް ދީގެން ހައްލު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެއީ އިންޑިއާ ކަނޑުގެ ސުލްހަމަސަލަސް ކަމާއި ރައްކާތެރިކަމަށް ވަރަށްވެސް މުހިންމު ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ، އިންޑިއާއާ ރާއްޖެއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަވަސް ކަމާއި ގުޅުވައެވެ. އަލަށް އުފެދުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޑިއާގެ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ފެށުމާއެކު އެކި ގޮތްގޮތުން ދެ ގައުމުގެ މެދުގައި ނުސީދާކޮށް ނުތަނަވަސްކަން އިތުރުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު