ހުޅުމާލޭގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު ހިންގުމަށް ކޮމާޝަލް ޔުނިޓެއް ހަވާލުކުކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ
ހުޅުމާލޭގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު ހިންގުމަށް ކޮމާޝަލް ޔުނިޓެއް ހަވާލުކުކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ
ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ކޮމާޝަލް ޔުނިޓެއް ދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް، އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފައި ވަނީ ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއެސްއާރުގެ ދަށުން، ކުލި ނުނަގާ ގޮތަށެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރެޝަނުގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދާއި އެ ކޯޕަރޭޝަނުގެ ސީއެފްއޯ އަހްމަދު ޝާމްއެވެ. އަދި ގުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ ހުޅުމާލޭގެ ގޮތްޕަށް މިއަދު ދޫކުރި ކޮމާޝަލް ޔުނިޓް އެ މަރުކަޒާ ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރެވޭ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެއެވެ. އަދި އެ މަރުކަޒުގެ ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތައް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން