ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގާއިމު ކޮށްފައިވާ ވަގުތީ ޖެޓީން ހިދުމަށް ހޯދަން އެދުމަށް ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ، ހުޅުމާލެއަށް މުދާ އަރުވާ ބޭލުމުގައި ދަތިތައް ކުރިމަތި ވަމުން ދާތީ އެކަމަށް ހައްލެއް ހޯދުމަށް އެ ކުންފުނީގެ ފަރާތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމު ކޮށްފައިވާ ކަމަށެވެ.

އެ ޖެޓީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ "މައި ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް ޖާގަ ކަށަވަރު މުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ޖެޓީޣެ ހިދުމަތް ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް، އާދީއްތަ ދުވަހުން ފެށިގެން ހުށަހަޅަމުން ދިއުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ހުއްދަ ނަގައިގެން ނޫން ގޮތަކަށް އުޅަނދުފަހަރު ޖެޓީއާ ކައިރި ކުރުމަކީ މަނާކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން