މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މިދިޔަ ސަރުކާރުން ބަޖެޓުން ބޭރުން ކުރި ހަރަދުތައް އަދާކުރަން ޖެހިވަޑައިގަތީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު މަރަދޫ ފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ކަންކަމަށް 'އެޓެންޑް ކުރަން' މި ރައީސަށް ވަގުތު ވާ ކަމަށެވެ. އަދި ޑރ. މުއިއްޒުއަކީ ރައްޔިތުންގެ އުންމީދުތައް ހާސިލު ކޮށްދޭނެ ވެރިއެއް ކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ޝަރީފް އުޅުއްވި ޕާޓީތަކުގެ ވެރިން ދުވަހަކުވެސް މެސެޖަށް 'ރެސްޕޮންޑް' ނުކުރައްވާކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، ކޮންމެ މެމްބަރަކު ގްރޫޕަށް ފޮނުވާ ސުވާލަށްވެސް ޑރ. މުއިއްޒު ޖަވާބު ދެއްވާ ކަމަށެވެ.

"މި އިންނެވިރާއްޖޭގެ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަކީ މި އަތޮޅާ މި ދިވެހިރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ހާސިލު ކުރެވޭނެ މީހަކު ހުރިއްޔާ އެ ބޭފުޅަކީ އެއީ." އެމްޑީޕީގެ ވަރަށް ހަރަކާތްތެތި މަޖިލިސް މެންބަރެއްގެ ގޮތުގައި ކުރިން ފެނިގެން ގޮސްފައިވާ ޝަރީފް ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕީއެންސީއާއި ވަރަށް ފަހުން ގުޅިވަޑައިގެންނެވި ޝަރީފުގެ ވާހަކައިގައި މިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މީގެ ކުރިން އައްޑޫގެ ބައެއް ތަންތަނުގައި ރޯކޮށް ހަދާފައި ހުރިކަން ވެސް ފާހަގަ ކުރެއްވިއެވެ. އަދި އެކަން ތަކުރާރުވާން ނޭދޭ ކަމަށާއި ޑރ. މުއިއްޒުއަށް ތާއީދު ކުރައްވަނީ އެފަދަ ސަބަބުތައް ހިމެނޭތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަރީފުގެ ވާހަކައިގައި ކުރީސަރުކާރު ނިމިގެން ދިޔައިރު 120 ބިލިއަނަށް ވުރެ ގިނަ ރުފިޔާއިން ގައުމު ދަރާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި މިދިޔަ ސަރުކާރުން ބަޖެޓުން ބޭރުގައި ކުރި ހަރަދުގެ 6.5 ބިލިއަން ރުފިޔާ އަދާކުރައްވަން ޖެހިވަޑައިގަތީ ޑރ މުއިއްޒު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގައުމެއް ހިންގުމުގާ ޑރ. މުއިއްޒުއަށްވުރެ ކުޅަދާނަ، ގާބިލު، ރައްޔިތުންނާ ގާތުން ހިދުމަތް ކޮށްދޭނެ ދެވަނަ ރައީސަކު ނުހޯދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހެހޭ

19-Feb-2024

ޝަރީފު ތިއަށް ކިއަނީ ގުދޯގުދޯ ގޮވުން.



ޓްރެންޑިން