ސ. ހިތަދޫ، ކޯޒްވޭ ވިލާ، ޝަނޫން ނަސީރު
ސ. ހިތަދޫ، ކޯޒްވޭ ވިލާ، ޝަނޫން ނަސީރު
ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ޒުވާން ޕައިލެޓަކު ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރީގައި ރޭ ދަންވަރު މަރުވެގެން ވެއްޓިފައި އޮއްވައި ފެނިފައިވަނީ ސ. ހިތަދޫ، ކޯޒްވޭ ވިލާ، ޝަނޫން ނަސީރެވެ. އުމުރުން 30 ވަރަކަށް އަހަރުގެ ޝަނޫން ނިޔާވެފައި އޮއްވާ ފެނިފައިވަނީ އޭނާ ގެއްލިގެން އާއިލާ މީހުން ހޯދަމުންދަނިކޮށެވެ. އޭނާ ފެނިފައިވަނީ ރޭ ފަތިހު ގޭގެ ދޮރުމަތީގައި ވެއްޓިފައި އޮއްވައެވެ. އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ކުރަމުންދާ މީހެއް ކަމެއް އެނގިފައެއް ނުވެއެވެ.

ރެއިން ފެށިގެން ޝަނޫނު ގެ ފޯނަށް ނުގުޅޭ ކަމަށް އާއިލާ އިން ބުނެ އެވެ. މިވަގުތު ޝަނޫނުގެ ހަށިގަނޑު އޮތީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ. ފުލުހުން ބުނީ، ހުޅުމާލޭގެ ފްލެޓެއްގެ ކައިރި އަށް މީހަކު ހޭނެތިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:30 ހާއިރު ލިބުނު ކަމަށެވެ. އަދި އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

"މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

އެންމެން ކޮވިޑަށް ޓެސްޓް ކުރަމުންދާތީ ޝަނޫނަށްވެސް ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ހަދައިފައިވާ ކަމަށް އެނގިފައިވެއެވެ. އެހެން ނަމަވެސް ނަތީޖާ އަދި ނުލިބެއެވެ. ޒުވާން ޕައިލެޓް ޝަނޫން ހުޅުމާލޭގައި ދިރިއުޅެނީ އޭނާގެ އާއިލާއާއެކުގަ އެވެ. އޭނާގެ އަންބަކާއި ކުޑަ ދަރިއަކު ވެސް ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޭއަބުދުﷲ

01-Aug-2020

މަރުޙުޫމްގެ ފުރާާނަޔަށް ސުވަރުގޭގެ ދާއިމީީނިޢުމަތް ދެްވާށި.



ޓްރެންޑިން