ލާދީނީ ވާހަކަތަކެއް މީސް މީޑިއާގައި ދައްކަމުންދާ ދިވެއްސެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ދިވެއްސަކު ފޭސްބުކް ސްޓޯރީ އާއި ފޭސްބުކް ޕޯސްޓްތަކުގައި ލާދީނީ ވާހަކަތަކެއް އާންމުކުރަމުންދާ މައްސަލައަކާއި ގުޅިގެން އާންމުންގެ މީހަކު އެކްސްގައި ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެެ. ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، އެ މީސް މީޑިއާގެ އެކައުންޓް ބޭނުން ކުރަމުންދާ މީހާ އާއި އޭނާގެ ކޮންޓެންޓްތަކާއި ގުޅޭގޮތުން ސީރިއަސް ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން