ފްރާންސްގެ އެމްބެސެޑަރ ޖޯން ފްރާންކޮއިސް ޕަކްޓެޓް ފިޝަރީސް މިނިސްޓަރ އަޙްމަދު ޝިޔާމް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ މަސްލަހަތާއި އެއްބާރުލުން ފޯރުކޮށްދެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ކަނޑުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުން އަދި ގާނޫނާއި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުމާއި ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ.



އެމްބެސެޑަރ ޕަކްޓެޓް ދަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅުގައި އެކި މިނިސްޓަރުންނާއި ވުޒާރާތަކުގެ އިސްވެރިންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެކު މިއަހަރު ޕެރިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގެ މަޝްވަރާތަށްވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން