އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   2 އޯގަސްޓު 2020 - 14:2
ޒަމްޒަމް ވަޅު
ޒަމްޒަމް ވަޅު
ޒަމްޒަމްފެނަކީ ދުނިޔެއަށް ފޮނުއްވި މުއުޖިޒާތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް މުއުޖިޒާތެވެ. ޒަމްޒަމް ވަޅަކީ މީގެ 5000 އަހަރުގެ ކުރިން އިސްމާއިލް ޢަލައިހިއްސަލާމްގެ ފައިންޕުޅުދަށުން ފާޅުވި ފެންއާރެކެވެ. މިފެންއާރު ފާޅުވެފައިވަނީ އިސްމާއިލް ޢަލައިހިއްސަލާމްގެ މަންމާފުޅު އަދި އިބްރާހިމް ޢަލައިހިއްސަލާމްގެ ދެވަނަ އަނބިކަނބަލުން ހާޖަރު ޢަލައިހައްސަލާމް، ސަފާ އާއި މަރުވާ، ދެފަރުބަދަދޭތެރޭ އިސްމާއިލްގެފާނަށް ދޭނެ ފެންފޮދެއް ހޯއްދަވަން އުޅުއްވުމުގެ ތެރޭންނެވެ. މިދެފަރުބަދަ ދޭތެރޭގައި އެކަމަނާ 7 ބުރުޖައްސަވާފައިވެއެވެ.

ޒަމްޒަމް ވަޅަކީ އެއްވެސް ފަންގަހެއް އަދި ފެއްސެއްވެސް ނުޖަހާ ވަޅެކެވެ. އަދި އެއްވެސް ވައްތަރެއްގެ ސުއިއްޕެއްވެސް މިވަޅުގައި ނޫޅެއެވެ. އާންމުކޮށް ބޯން ބޭނުން ކުރާ ފެނަށްވުރެ ޒަމްޒަމްފެނުގައި މިނެރަލްސް އެކުލެވިގެންވާ މިންވަރު ވަރަށް ގިނައެވެ. ވުމާއެކު މިފެނުގެ ރަހަ އެހެން ފެނާއި އަޅާ ބަލާއިރު ކޮންމެސް ވަރަކަށް ގަދަކަމަށް ފާހަގަ ކުރެވެއެވެ.

މައްކާއަށް ޒިޔާރަތްކުރާ ހައްޖުވެރިން ތިބެނީ މިމާތް ފެން ބުއިމަށް ކެތްމަދުވެފައެވެ. ހައްޖުވެރިން އެކި ވަރުގެ ފުޅީގައާއި ހަމުގައި މިފެން ހައްޖުވެރިންގެ ގައުމުތަކަށް ވެސް ގެންދެއެވެ. ކީރިތި ރަސޫލާ (صلي الله عليه وسلم) ހަދީސް ކުރައްވާފައިވާ ގޮތުގައި މިފެނަކީ ގުދުރަތީ ޝިފާއެކެވެ.

ޒަމްޒަމް ފެންވަޅު ފާޅުވީއްސުރެ މިއަދާހަމަޔަށްވެސް އެއްވެސް ހައްޖުވެރިއަކަށް އުނިކަމެއްނެތި ބޭނުންވަރަކަށް އެވަޅުން ފެންލިބެއެވެ. އެވަޅަކީ ދުވަހަކުވެސް ފެން ހުސްވާ ވަޅެއްނޫނެވެ.

ކުރީ ޒަމާނުގައި ޒަމްޒަމް ވަޅު ބަލަހައްޓަވާފައިވަނީ ކީރިތި ރަސޫލާގެ ކާފާ ފުޅު އަބްދުލް މުއްތަލިބް ބިން ހާޝިމެވެ. އޭގެ ފަހުގައި އެކިއެކި ޚަލީފާއިން އެވަޅު ބެލެހެއްޓެވިއެވެ. މިހާރު އެވަޅު ބަލަހައްޓަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-14

ފެންތިކި

03-Aug-2020

ސުރުޚީ އަށް ބަލަިގެން އާޓިކަލް ކިޔާލަން ވަރަށްޝައުގުވެރިވިއެވެ. ނަމަވެސް އާޓިކަލް ނިމިގެންދިޔައީ އެއްވެސް އޮށްޓަރެއްނެތް ލިޔުމެއްގެ ސިފަ ތަސަްވުރު ވެގެންނެވެ. މަޢުލޫމާތު މަދެވެ. ދިރާސީ އެއްވެސް ހަވާލާއެއް ނެތެވެ. ޙިތަށް އަރަނީ އެވަރުގެ ސުރުޚީ އެއްގައި މަޟުމޫނެއް ލިޔަން ހިތަށް އެރީ ކީއްވެ ބާވައެވެ.


7

ޝަމާ

03-Aug-2020

ހަމަ ވަރަށް ފައްކާ ލިޔުމެއް ބަޔަކަށް އެނގުނަސް މަށަށް އަދި ކިރިޔާ މި އެނގުނީ ޒަމްޒަމް ފެނުގެ ހަގީގަތް


17

ޟާމިރު

02-Aug-2020

މަުލޫމަާތުގެ އެންމެ ޕަސެއްޓެއް ވެސް މި ލިޔުމުގައެއް ނެތް. ޥަރަށް ފަގީރު.



ޓްރެންޑިން