ކޯވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާދެމުންދިޔަ އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބަޗަން ބަލިން ރަނގަޅުވެއްޖެ އެވެ.
އަމީތާބް ބަލި ރަނގަޅުވެ ގެޔަށް ދޫކޮށްލާފައިވާކަމުގެ އުފާވެރި ޚަބަރު އޭނާގެ ސަޕޯޓަރުންނާއި އާންމުންނަށް ހާމަކޮށްދިނީ އަމީތާބުގެ ދަރިފުޅު އަދި މަޝްހޫރު ތަރި އަބީޝޭކް ބަޗަން އެވެ. ކޯވިޑް-19 ޖެހިގެން އަމީތާބަށް ފަރުވާދެމުން ގޮސްފައި ވަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލްގައެވެ. އޭނާ ދޫކޮށްލާފައިވަނީ ކޯވިޑަށް ހެދި ޓެސްޓުން ނެގެޓިވް ވުމުންނެވެ.
އަމީތާބު ބަލިން ރަނގަޅު ވެފައިވާއިރު އޭނާގެ ދަނބިދަރި ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ އާއި ދަރިފުޅު އަރާދިއާ ބައްޗަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ފަހު ބަލިން ރަނގަޅުވެ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ގެއަށް ދޫކޮށްލައިފައެވެ. އައިޝްވާރިއާ އާއި 8 އަހަރުގެ ދަރިފުޅު ކޮވިޑް-19 އަށް މި މަހުގެ 12 ވަނަ ދުވަހު ޕޮޒިޓިވްވެ، ހޮސްޕިޓަލްފައި އެޑްމިޓްކުރީ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ.
އިންޑިއާގައި މާރިޗް މަހުގެ 25 ވަނަދުވަހު އިއުލާންކުރި ލޮކްޑައުންނާއި އެކު އުމުރުން 77 އަހަރުގެ އަމީތާބުވެސް ހުރީ އަމިއްލަ ގޭގައެވެ. އެހެންނަމަވެސް " ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ ޕްރޮމޯޝަނަލް ކުއިޒް ޝޫޓްކުރަން އޭނާ ވަނީ އެ ޝޯގެ ޕްރޮޑަކްޝަން ޓީމެއް ދާދި ފަހުން ގެއެށް ގެނެސްފައެވެ. އަދި ބައެއް އެހެން ޕްރޮގްރާމްތަކުގެ ޕްރޮމޮޝަނަލް ކްލިޕްތައްވެސް ވަނީ ގޭގައި ޝޫޓްކޮށްފައެވެ.
ބިގް ބީގެ ނަމުން މަޝްހޫރު އަމީތާބަށް ކޯވިޑް ޖެހުނުކަން ހާމަކުރުމުން ގިނަ ބަޔަކު ވަނީ ޝޯޝަލް މީޑިއާ މެދުވެރިކޮށް އަމީތާބަށް އަވަސް ޝިފާއަކަށް އެދިފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އަމީތާބަށް އަވަސް ޝިފާއަކަށް އެދޭކަން ހާމަކުރައްވާފައެވެ.
ކޯވިޑްގެ ނުރައްކާ ބޮޑުވެ އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުން އަމިއްލަ ގެއަށް ނުދެވި ތިބި އެތައް މަސައްކަތްތެރިންނަކަށް އަމީތާބު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ހާއްސަ ފްލައިޓްތަކެއް ބާއްވާ 700 އަށްވުރެ ގިނަ މަސައްކަތްތެރިން މުމްބާއިން ލަކްނޯއަށް ގެންގޮސްދީފައިވެއެވެ.
އަމީތާބް ރަނގަޅުވެ ގެއަށް ދޫކޮށްލުމާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ދަނީ އުފާވެރިކަމުގެ މެސެޖް އޭނާއަށް ފޮނުވައި ޓްވީޓްކުރަމުންނެވެ. އަދި ބަލީގައި އަމީތާބު ދެއްކި ނަމޫނާއަށް ގިނަބައެއްގެ ތައުރީފްވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު