ހަމަލާގައި މަރުވި ސްރީލަންކާ އަށް ނިސްބަތްވާ އާއިލާ ދިރިއުޅެމުން އައި ގޭގެ ދޮރުމަތި.
ހަމަލާގައި މަރުވި ސްރީލަންކާ އަށް ނިސްބަތްވާ އާއިލާ ދިރިއުޅެމުން އައި ގޭގެ ދޮރުމަތި.
ކެނެޑާގައި ދިރިއުޅޭ ސްރީލަންކާ އަށް ނިސްބަތްވާ އާއިލާއަކަށް ހަމަލާދީ މަރާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން މިހާދިސާގައި އެއާއިލާއަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗެއް މެދުވެރިކޮށެވެ.

މިހާދިސާ އާއި ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ދާދި ފަހުން ކެނެޑާއަށް ބަދަލުވި މިއާއިލާއަށް ކެނެޑާގެ ވެރިރަށް އޮޓޮވާގައި ދިން ހަމަލާ ކުށްވެރިކުރައްވައި، އެއީ "ބިރުވެރި އަނިޔާވެރިކަމުގެ އަމަލެއް" ކަމަށް ސިފަކުރައްވާ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 35 އަހަރުގެ އަންހެނަކާއި އޭނާގެ ހަތަރު ދަރިން ކަމަށްވާ އުމުރުން ހަތް އަހަރާއި ހަތަރު އަހަރާއި ދެ އަހަރު އަދި ދެ މަހުގެ ކުޑަކުދިންތަކެއް ހިމެނެއެވެ. އަދި އާއިލާގެ 40 އަހަރުގެ ރަހުމަތްތެރިއަކު ވެސް ވަނީ މި ހަމަލާގައި މަރާލާފައެވެ. މިހަމަލާގައި މަރުވި އުމުރުން 35 އަހަރުގެ އަންހެން މީހާގެ ފިރިމީހާއަށް އަނިޔާވި ނަމަވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

މި ހަމަލާ އާއެކު މުޅި ކެނެޑާގައި ގުގުމާލާފައިވާއިރު، އެގައުމުގެ ދެކުނުން އަވަށްޓެރި އެމެރިކާއާ ހިލާފަށް ކެނެޑާ އަކީ މީހުންނަށް ހަމަލާ ދޭ ހާދިސާތައް ފެންނަ މަދު ގައުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެނެޑާގައި ދިން ހަމަލާ އާއި ގުޅިގެން ލަންކާ އަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ފެބްރިއޯ ޑި ޒޮއިސާ ނަމަކަށް ކިޔާ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ލިބުނު އެމަރޖެންސީ ކޯލަކުން، އެ އާއިލާ ދިރިއުޅެމުން ދިޔަ ގޭތެރޭގައި އެޒުވާނާ ހުއްޓައެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި ޒުވާނާ އަކީ އޭނާ ހަމަލާ ދިން އާއިލާ އާއެކު ދިރިއުޅެމުންދާ ފަރާތެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން