އިންޑިއާގެ ގުޖްރާތުގައި ތަރާވީސް ނަމާދު ކުރާތީ ބިދޭސީ މުސްލިމް ދަރިވަރުންތަކަކަށް ހަމަލާ ދީފިއެވެ.

މި ހާދިސާ ހިނގައިފައިވަނީ އެ ދަރިވަރުން ކިޔަވަމުން ގެންދާ ޔުނިވާރސިޓީގެ ހޮސްޓަލް އެތެރޭގައެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ދަރިވަރުން ރަމަޟާންމަހުގެ ތަރާވީހް ނަމާދު އެ ކުދިންގެ ކޮޓަރީގައި ކުރުމުންނެވެ. މި ހާދިސާގެ ވީޑިޔޯތައް ވަނީ އެ ދަރިވަރުން ސޯޝަލް މީޑިޔާގައި ހިއްސާ ކޮށްފައެވެ.

ވީޑިޔޯއިން ފެންނަ ގޮތުގައި ހޮސްޓަލްގެ ބޭރުގައި ހިންދޫ ދީނުގެ ގޮވެލި ގޮވަމުން ބަޔަކު ދާތަން ފެނެއެވެ. އަދި އެދަރިވަރުންނަށް ގަލުން ހަމަލާދޭ މަންޒަރާއި އެދަރިވަރުންގެ ސައިކަލުތަކަށް ގެންލުންދޭ މަންޒަރު ވެސް ފެނެއެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން އިންޑިޔާގެ އެކްސްޓާރނަލް އެފެއާރޒް މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެހާދިސާ ކުއްވެރި ކޮށްފައެވެ. އަދި މިކަން ކުރި މީހުންނަށް ސްޓޭޓް ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅާނޭކަމަށްވެސް ބުނެފައިވެއެވެ.

އިންޑިޔާގައި މުސްލިމުންނަށް ހަމަލާދިނުމަކީ އާންމު ކަމެކެވެ. މި މަހު ވަނީ ރައްޔިތުކަމުގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް މުސްލިމުންނަށް އިންޑިޔާއަށް ރައްޔިތުންނަށް ނުވެވޭ ގޮތަށް ހަދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން